
މާލެ ސިޓީ މޭޔަރުގެ ވިސްނުމުގެ ދާއިރާއަކީ ހަމައެކަނި މާލެސިޓީގެ ރައްޔިތުންނެއް ނޫން: މޫސާ އަލީ ޖަލީލް

މުޙައްމަދު ފަޟްލޫން - 02 އޭޕްރީލު 2026 - 08:17
މާލެ ސިޓީ މޭޔަރުގެ ވިސްނުމުގެ ދާއިރާއަކީ ހަމައެކަނި މާލެސިޓީގެ ރައްޔިތުން ނޫން ކަމަށާއި، މޭޔަރުގެ ވިސްނުމާއި ހިދުމަތް އެއަށްވުރެ ތަނަވަސް ކުރަންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީ އިން ބޭއްވި ޖަލްސާގައި މޫސާ އަލީ ޖަލީލް ވިދާޅުވީ މާލެއަށް ޒިޔާރަތްކުރާ ބޭރުގެ ފަރާތްތަކަށް މާލެ ނަމޫނާ ސިޓީއެއްގެ ގޮތުގައި ދައްކާލުމަކީ މާލެ ސިޓީގެ މޭޔަރު ސަމާލުކަން ދޭންޖެހޭނެ ކަމެއް ކަމަށެވެ.
މާލެއަކީ ހިތްފަސޭ އަދި ފަހި ޗާލު ތަނަކަށް ހައްދަވައިދެއްވާނެ ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
މާލެ ސިޓީގެ ރައްޔިތުން ބޭނުންވަނީ އުފާވެރި މާހައުލެއްގައި ވަގުތުތައް ހޭދަކުރަން ކަން ފާހަގަކުރައްވައި މޫސާ އަލީ ޖަލީލް ވިދާޅުވީ ރައްޔިތުން ހިތްފަސޭހަކޮށްލަން ދާ ޕާކްތައް މިހާރު ހުރީ ވީރާނާ ވެފައި ކަމަށެވެ.
މާލެ ސިޓީގައި މިހާރު ހުރި ގިނަ ޕާކްތައް ވީރާނާ ވެފައިވަނީ އެތަންތަނަށް އަޅާނުލެވުމުގެ ސަބަބުން ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
މާލެ ސިޓީ އަކީ މިހާރު އިޖުތިމާއީ ގުޅުންތައް ބަދަހި ކުރަން ޖެހިފައިވާ ސިޓީއަކަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
މީގެ ކުރިން މާލެ ސިޓީ އަކީ އިޖްތިމާއީ ގުޅުންތައް ބަދަހި ސިޓީއެއް ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
1987 ވަނަ އަހަރު މާލެއަށް ބޮޑުރާޅު އަރައި ގެދޮރާއި ރައްޔިތުންނަށް ގެއްލުން ލިބުނު ވަގުތު ރައްޔިތުންގެ ދަތިތައް ފިލުވައިދޭން ބުރަތައް އުފުލި މާލޭގެ ދަރިއަކަށް އެމަނިކުފާނު ވެވަޑައިގެންނެވި ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
1988 ވަނަ އަހަރު ދިވެހިންގެ ބަޔަކާއި ބޭރުގެ ބަޔަކާއި ގުޅިގެން ދިވެހިންގެ އެތައް ބައެއްގެ ފުރާނަ އާއި ގައުމުގެ މިނިވަންކަމަށް ހަމަލާދިން ވަގުތު ލޮބުވެތި ދިވެހި ރައްޔިތުންގެ ފުރާނަ އާއި ފަހުރުވެރި ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި މޭ އައްޑަނައަކަށް ދިއްކޮށްލި ދިވެހި ދަރިއަކަށް އެމަނިކުފާނު ވެ ވަޑައިގެންނެވި ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
އެއްވެސް އިރެއްގައި އެމަނިކުފާނަކީ ހިދުމަތުގެ ހަވާސާގައި ހުންނެވި ބޭފުޅެއް ނޫން ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ. އެމަނިކުފާނަކީ މުރާލިކަމުގެ މިޒާޖެއްގެ ވެރި ގައުމާއި ރައްޔިތުން އިސްކުރައްވާ ކަން ނުވެ ނަންވި ބޭފުޅެއް ނޫން ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އަބަދުވެސް އެމަނިކުފާނަކީ ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އަމާންކަމާއި ސަލާމަަތަށްޓަކައި ހިދުމަތުގެ މައިދާނުގައި ކުރިއަށްދިޔަ އަމަލީ ހިދުމަތްތެރިއެއް ކަމަށް ވިދާޅުވިއެވެ.
މާލެ ސިޓީއަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ބޮޑު އިންގިލާބީ ބަދަލާއި އެކަމާމެދު މާލޭގެ މޭޔަރެއްގެ ގިނަގުނަ ޒިންމާތައް ސިފަކުރެއްވެވޭލެއް ބޮޑުކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅާއި ރަސްމާލެ ހިމެނޭހެން ބޮޑު މާސްޓަރ ޕްލޭނެއްގެ ދަށުން އެތަކެއް މަސައްކަތެއް ސަރުކާުރުން ކުރަމުންދާ ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ. ބިންތައް ހިކެމުންދާއިރު ރާއްޖެ ދުވަހަކު ނުދެކޭ ވަރުގެ ބޮޑު އުމްރާނީ ސްޓްރަކްޗަރ އެއް އުފެދެމުންދާ ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއާ އެކު މުޅި މާލެ ސަރަހައްދުގެ ޖިއޮގްރަޕީ ބަދަލުވެގެންދާނެ ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
ސަރުކާރުގެ މާސްޓަރޕްލޭންގައިވާ މަޝްރޫއުތައް ނިމިގެންދިއުމާއެކު ދަތުރުފަތުރާއި ވިޔަފާރި އާއި އެހެނިހެން ހުރިހާކަމެއް މުޅިން އެހެން ދަރަޖައެއްގައި ހިނގަންފަށާނެ ކަަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމާއި ބިންވެރިކަމުގެ ހިތްފަސޭހަ އައު ޒަމާނެއް ކޮންމެ ރައްޔިތަކަށް ކަށަވަރުވެގެންދާނެ ކަމަށް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ދިއްދޫގައި ދަނާލް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
4 ގަޑިއިރު ކުރިން

ޕީއެންސީ އަކީ އެންމެ ފުރަތަމަ ގައުމު ހަގީގީ މާނައިގައި އިސްކޮށް ތަންފީޒް ކުރާ ޕާޓީ: ރައީސް ޑރ މުއިއްޒު
4 ގަޑިއިރު ކުރިން

ހަގީގީ މާނައިގައި ޑިމޮކްރަސީ ގާއިމްކުރަން ބޭނުންނަމަ، ދެއިންތިހާބު އެއްދުވަހެއްގައި ބާއްވަން ވޯޓްދެއްވާ: ރައީސް
6 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް އިން 6 ރަށެއްގައި އާ ބްރާންޗް ގާއިމުކޮށްފި
16 ގަޑިއިރު ކުރިން


.gif&w=3840&q=75)