
ޕީއެންސީ އަކީ އެންމެ ފުރަތަމަ ގައުމު ހަގީގީ މާނައިގައި އިސްކޮށް ތަންފީޒް ކުރާ ޕާޓީ: ރައީސް ޑރ މުއިއްޒު

މުޙައްމަދު ފަޟްލޫން - 02 އޭޕްރީލު 2026 - 07:33
ޕީއެންސީ އަކީ އެންމެ ފުރަތަމަ ގައުމު ހަގީގީ މާނައިގައި އިސްކޮށް އެކަން ތަންފީޒް ކުރާ ޕާޓީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އޭޕްރިލް 4 ވަނަ ދުވަސް ނިމިގެންދާނީ ޕީއެންސީ އިން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށް މިގައުމަށް ކާމިޔާބު ލިބިގެން ކަމަށެވެ.
ޕީއެންސީ އަށް މުހިއްމީ ގައުމުކަން ފާޙަގަކުރައްވައި ރައީސް ވިދާޅުވީ އަމިއްލަ އެދުމަށްވުރެ ގައުމު އިސްކުރުން މުހިއްމު ކަމަށެވެ.
މިއަދާ ހަމައަށް އައި އިރުގައި ސަރުކާރަށް 3 އަހަރު ފުރެން ދާއިރު ނިމިގެންދިޔަ ކޮންމެ ދުވަހަކީ ގައުުމު އިސްކޮށްގެން މަސައްކަތް ކުރަމުންދިޔަ ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޕީއެންސީގެ މަސައްކަތްތައްވެސް ކުރިއަށްދަނީ ގައުމު އިސްކޮށްގެން ގައުމާއި މެދު ވިސްނައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމަށް ތިމާއަށް ކޮށްދެވޭނީ ކޮންކަމެއް ތޯ އާއި ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަގުބަލަށް، އަންނަން އޮތް ޖީލުތަކަށް މި ގައުމު ފޯރުކޮށްދިނުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބެލުމަކީ ޕީއެންސީގެ ވިސްނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ވޭޕްގެ ސަބަބުން ޒުވާން ޅަ ޖީލު ހަލާކުވެގެން ދާތަން އެންމެންނަށް ފެނުނު ނަމަވެސް އެކަމަށް ހައްލެއް ގެނައުމަށް ގޮތެއް ނުނިމި އޮތް އޮތުން ނިމުމަކަށް ގެނައީ މިސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ވޭޕް މަނާކުރީ ގައުމީ ވިސްނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދައަކީވެސް ހައްލުނުކުރެވި އޮތް ބޮޑު ގައުމީ މައްސަލައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދުންފަތުގެ ސަބަބުން އެތައް ބަޔަކު މިދުނިޔެ ދޫކޮށް އެތައް ބައްޔެއް ފެތުރުމުންދާ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ ހައްލުނުވާ ބޮޑު މައްސަލައެއް ކަމަށެވެ. ނަމަވެސް މިގައުމުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހައްލެއް ގެނެވެސް ޖެހޭނެ ކަމަށް ގަބޫލުފުޅުކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
ޖެނެރޭޝަނަލް ބޭންއެއް ގޮތުގައި ވަކި އުމުރަކުން ފެށިގެން ޅަކުދިން ދުންފަތުގެ އިސްތިއުމާލް ކުރުމުން ސަލާމަތްކޮށް އެޖީލު މުސްތަގުބަލުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ޒުވާން ޖީލު ސަލާމަތްކުރަން ވިސްނެވީ ގައުމީ ވިސްނުމެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ މޭޔަރުގެ ވިސްނުމުގެ ދާއިރާއަކީ ހަމައެކަނި މާލެސިޓީގެ ރައްޔިތުންނެއް ނޫން: މޫސާ އަލީ ޖަލީލް
ގަޑިއިރެއް ކުރިން

ދިއްދޫގައި ދަނާލް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
2 ގަޑިއިރު ކުރިން

ހަގީގީ މާނައިގައި ޑިމޮކްރަސީ ގާއިމްކުރަން ބޭނުންނަމަ، ދެއިންތިހާބު އެއްދުވަހެއްގައި ބާއްވަން ވޯޓްދެއްވާ: ރައީސް
4 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސް އިން 6 ރަށެއްގައި އާ ބްރާންޗް ގާއިމުކޮށްފި
15 ގަޑިއިރު ކުރިން


.gif&w=3840&q=75)