logo
 އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ  މެމްބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ)

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ)

ގާނޫނު ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައެއް: މެމްބަރު އަބްދުލް ގަފޫރު މޫސާ

profile

މުޙައްމަދު ފަޟްލޫން - 13 އޭޕްރީލު 2026 - 12:59

ގާނޫނު ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގަފޫރު ވިދާޅުވީ އެންމެންގެ މެދުގައި ހަމަހަމަކަމާ އެމު އިންސާފު ވެސް އޮންނަން ޖެހޭނެ ކަމަށެވެ.

މަޖިލީހުގައި މެމްބަރުން ތަޅު އަޅުވައިގެން ނުބޭތިއްބޭނެ ކަމަށް ގަފޫރު ވިދާޅުވިއެވެ.

ގަފޫރު ވަނީ ގާނޫނު އަސާސީ އަށް ޕީއެންސީ އިން ގެނައި އިސްލާހުތައް އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ.

ގަފޫރުގެ ވަހާކައިގައި މެންބަރުން ތަޅު އެޅުވި ކަމަށް އިޝާރާތް ކުރެއްވީ ޕާޓީއަކުން މެންބަރު ކަނޑާލައިގެން އެ މެންބަރެއްގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށެވެ. އެ އިސްލާހު ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުން ގެނެސްފައި ވަނީ އެއް ދުވަސް ތެރޭގަ އެވެ.

މިއަދު ސަރުކާރުގެ ވަޒީފާއެއް ލިބެނީ އާދޭސްކޮށްގެން ކަމަށް ގަފޫރު ވިދާޅުވިއެވެ.

އިއްޔެ ހިނގި ގޯހެއް މިއަދު މިގައުމުގައި ހިނގައިގެން ނުވާނެ ކަމަށް ގަފޫރު ވިދާޅުވިއެވެ. ރައްޔިތުން މިއަދުގެ ސަރުކާރާއި ގައުމު ހަވާލު ކުރީ އިއްޔެ އަށްވުރެ ރަނގަޅަށް ގައުމުގެ ކަންކަން ހިންގަން ކަމަށް ގަފޫރު ވިދާޅުވިއެވެ.

މިއަދު ރައްޔިތުން ކުރާ ސުވާލަކީ ގައުމު ރަނގަޅަށް ހިންގިންތޯ ކަމަށާއި މިއަދުގެ ސަރުކާރުން އެކަން ނުކުރާ ކަމަށް ގަފޫރު ވިދާޅުވިއެވެ.

ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނީ ކުރީ ސަރުކާރަށް ވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ ކަމަށް ބުނުމުން ކަމަށް ގަފޫރު ވިދާޅުވިއެވެ. ނަމަވެސް އެމަންޒަރު ރައްޔިތުންނަށް ނުފެނުމުން މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނީ ކަމަށް ގަފޫރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk