logo

ރޭސިންގ ޓްރެކް އަޅަން ބިން ހިއްކާ ސަރަޙައްދުގެ ހިމާޔަތަށް ބޭނުންވާ ބޮޑުހިލަ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން

profile

މުޙައްމަދު ފަޟްލޫން - 13 އޭޕްރީލު 2026 - 14:56

ސިނަމާލެ ބްރިޖް ހައިވޭ ސަރަހައްދުގައި ރޭސިން ޓްރެކެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ގެނައުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ،

https://wamco.com.mv/

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރޭސިން ޓްރެކް ހެދުމަށް ބޭނުންވާ ބޮޑުހިލަ އެސްޓީއޯ މެދުވެރިކޮށް ގެނައުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ކުރިއަށްގެންދާ ކަމަށެވެ. އަދި ހިލަ ގެނައުމުގައި ކުރިން ބައެއް ދަތިތަކާ ކުރިމަތިވި ނަމަވެސް، މިހާރު އެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުލޭގެ ޓްރެފިކް ލައިޓާ ދިމާލުން އުތުރަށް ދެ ކިލޯމީޓަރުގެ ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސަރަހައްދުގައި ރޭސިން ޓްރެކެއް ބިނާކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. އަދި މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ރޭސިން ޓްރެކް އެޅުމުގެ މަސައްކަތަށް 2.4 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk