
ރަސްފަންނުގައި “ބްރޭކްވޯޓާ ރީޕްރޮފައިލް” މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

މުޙައްމަދު ފަޟްލޫން - 13 އޭޕްރީލު 2026 - 15:01
މާލޭގެ ރަސްފަންނު ސަރަހައްދުގެ ބޭރުތޮށި މަރާމާތުކޮށް، އެތަން އަލުން ތަރުތީބުކުރުމުގެ (ބްރޭކްވޯޓާ ރީޕްރޮފައިލިންގ) މަސައްކަތް މިއަދު އަމަލީ ގޮތުން ފަށައިފިއެވެ.
މި މަސައްކަތްތައް ކުރިއަށްދާތީ، ރަސްފަންނު ވަގުތީ ގޮތުން ބަންދުކޮށްފައިވާކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިޢުލާންކޮށްފައެވެ.
މި މަޝްރޫޢު ކުރިއަށްގެންދާ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ މަރާމާތުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި، ރަސްފަންނުގެ ޚިދުމަތްތައް އާންމުންނަށް އަލުން ހުޅުވާލުމެވެ. މި މަސައްކަތުގެ ދަށުން ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި، ބޭރުތޮއްޓަށް ބަދަލުތަކެއް ގެނެސް މޫދަށް އެރޭ ސަރަހައްދުގެ ފެން ދައުރުވުން ހަރުދަނާކުރުމުގެ އިތުރުން، އެ ސަރަހައްދުގައި ފެންބޮޑުވުން ހުއްޓުވުމަށްޓަކައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނަކީ، ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި، ހިތްފަސޭހަކޮށްލުމަށާއި، އަދި ކުޑަކުދިންނާއެކު ވަގުތު ހޭދަކުރުމަށް ބޭނުންކުރާ މުހިންމު މަރުކަޒެކެވެ. މީގެ އިތުރުން، ވެސްޓްޕާކާވީ ފަރާތުގައި އޮންނަ އުސް ސަރަހައްދަކީ ގިނަ ބަޔަކު މަސްބޭނުމަށް ޚާއްޞަކޮށްފައިވާ ތަނެކެވެ.
ރަސްފަންނުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ބާބަކިއު ހެދުމަށް ޚާއްޞަ ސަރަހައްދެއްގެ އިތުރުން، އިށީނދެލައިގެން ތިބުމަށް ޖޯލިފަތިތައް ވެސް ބެހެއްޓިފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕް އަށް ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ރޭސިންގ ޓްރެކް އަޅަން ބިން ހިއްކާ ސަރަޙައްދުގެ ހިމާޔަތަށް ބޭނުންވާ ބޮޑުހިލަ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
2 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 2 ގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަޝްވަރާކޮށްފި
2 ގަޑިއިރު ކުރިން

ރުކުމަޑި ނައްތާލުމަށް ހަނިމާދޫގައި "ޕެރަސިޓޮއިޑް" އާލާކުރަނީ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)