
ރުކުމަޑި ނައްތާލުމަށް ހަނިމާދޫގައި "ޕެރަސިޓޮއިޑް" އާލާކުރަނީ

މުޙައްމަދު ފަޟްލޫން - 13 އޭޕްރީލު 2026 - 14:54
ރުކުމަޑީގެ އުނދަގުލުން ރުއްތައް ސަލާމަތްކުރުމަށްޓަކައި، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ހދ. ހަނިމާދޫގައި ޚާއްޞަ ސެންޓަރެއް ޤާއިމުކޮށް، 'ޕެރަސިޓޮއިޑް' އާލާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ހާމަކޮށްފިއެވެ.
'ޕެރަސިޓޮއިޑް' އަކީ ގަސްގަހާގެއްސަށް ގެއްލުންދޭ ފަނިފަކްސާ ނައްތާލުމަށް ބޭނުންކުރާ، ބަޔޮލޮޖިކަލް ކޮންޓްރޯލް އުސޫލުން މަސައްކަތްކުރާ ދިރޭ ސޫތްޕެކެވެ. ކޮކޮނަޓް ހިސްޕިޑް ބީޓްލް ނުވަތަ ރުކުމަޑިން ރުއްތައް ރައްކާތެރިކުރުމަށްޓަކައި ހަނިމާދޫގައި މި ސެންޓަރު ޤާއިމުކޮށް، މިކަން ކުރިއަށްގެންދިއުމަށް ޙަވާލުކޮށްފައިވަނީ 'ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް' (ކަޓާސް) އާއެވެ.
މި މަޝްރޫޢުގެ ދަށުން 2024 ވަނަ އަހަރު ކަޓާސްގެ ފަންނީ ޓީމަކުން ހަނިމާދޫއަށް ޒިޔާރަތްކޮށް، ބޭނުންވާ ދިރާސާތައް ވަނީ ފުރިހަމަކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ރުއްތަކަށް ޖެހޭ ބަލިތަކާއި ފަނިފަކްސާ ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަނިމާދޫގައި މިހާރު ދަނީ 'ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސިޓޮއިޑް' އާލާކުރާ ސެންޓަރުގެ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތަށް ބޭނުންވާ ޕެރަސިޓޮއިޑް މިހާރު ޗައިނާއިން ރާއްޖެއަށް ގެނެސްފައިވާއިރު، އެ ތަކެތި އާލާކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްފަންނުގައި “ބްރޭކްވޯޓާ ރީޕްރޮފައިލް” މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
3 ގަޑިއިރު ކުރިން

ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕް އަށް ހުޅުވާލައިފި
4 ގަޑިއިރު ކުރިން

ރޭސިންގ ޓްރެކް އަޅަން ބިން ހިއްކާ ސަރަޙައްދުގެ ހިމާޔަތަށް ބޭނުންވާ ބޮޑުހިލަ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
4 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 2 ގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަޝްވަރާކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)