logo

ހުޅުމާލެ ފޭސް 2 ގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަޝްވަރާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 13 އޭޕްރީލު 2026 - 14:55

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތަށް ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭގޮތުން ސްޓެލްކޯ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

https://wamco.com.mv/

ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، ކަރަންޓު މެދުކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. މިގޮތުން، ވިއުގައަށް މައްސަލައެއް ދިމާވާ ހާލަތްތަކުގައި ކަރަންޓު މެދުކެނޑިފައި ހުންނަ ވަގުތު ކުޑަކުރުމަށްޓަކައި، ދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' (SCADA) ސިސްޓަމްގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ދެ ކުންފުނީގެ ދެމެދުގައި ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، މިދިޔަ އާދިއްތަ ދުވަހުގެރޭ މައްސަލަ ދިމާވި މައި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް އަވަސްކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި މަޝްވަރާތަކުގެ ތެރޭގައި، ދެވަނަ ފިޔަވަހީގެ ނެޓްވޯކް އެޅުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު އަޅާފައިވާ އިތުރު ކޭބަލްތައް 'އެނަޖައިޒް' ކޮށް، ވީހާވެސް އަވަހަކަށް ބޭނުންކުރަން ފެށޭނެ އިންތިޒާމުތައް އެޗްޑީސީގެ ފަރާތުން ހަމަޖެއްސުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ. ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި އެ ކޭބަލްތައް ބޭނުންކުރަން ފެށުމުން، މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓު ކެނޑޭ ހާލަތްތަކުގައި، އަލުން ކަރަންޓު ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk