
އަމާން އުދަރެހުގައި ހަދާ ޖީޕީ ކްލިނިކް ފެބްރުއަރީގެ ނިޔަލަށް ނިމޭނެ

ޝަހްޒާ މުޙައްމަދު - 19 ޑިސެމްބަރު 2025 - 12:53
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން އުދަރެސް ޓަވަރުގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ޖެނަރަލް ޕްރެކްޓިސްގެ ކްލިނިކެއް، އަންނަ ފެބްރުއަރީގެ ނިޔަލަށް ނިމޭނެ ކަމަށް އެ ތަން އިމާރާތްކުރާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.
އަމާން އުދަރެހުގެ 6ވަނަ ޓަވަރުގައި ޖީޕީ ކްލިނިކް ގާއިމްކުރުމަށް އެފްޑީސީ އާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ދެމެދު ކޮމާޝަލް ޔުނިޓް ބޭނުންކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 9ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން އަމާން އުދަރެސްގެ 6ވަނަ ޓަވަރުން 6788.43 އަކަފޫޓުގެ ޖާގައިގެ ޔުނިޓެއް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް ވަނީ ދޫކޮށްފައެވެ.
ޖީޕީ ކްލިނިކްގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަޝްރޫޢާ ގުޅޭގޮތުން އެފްޑީސީއިން ބުނީ އެ ކުންފުނީގެ އަމާޒަކީ އަމާން ޓަވަރުތަކުގައި މީހުން އާބާދުވާން ފަށާފައިވާއިރު ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދެވޭނެ ނިޒާމު އެ ޓަވަރުތަކުގައި ހަމަޖެހިފައިވާގޮތް ހެދުން ކަމަށެވެ.
އެފްޑީސީން ބުނެފައިވަނީ ޖީޕީ ކްލިނިކް ހިންގާ ޖާގަ ހުޅުމާލެ ހޮސްޕިޓަލާ އެކުންފުނިން ހަވާލުކޮށްފައިވަނީ ސަރުކާރުގެ ނޭޝަނަލް ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން ކަމަށާއި އެހެންވެ އެ ޖާގައަށް މެއިންޓަނަންސް ފީގެ އިތުރަށް އެއްވެސް ކުއްޔެއް ނުނަގާނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ޖީޕީ ކްލިނިކެއް ހިންގައެވެ. ހިޔާ ޓަވަރު 16ގައި ހިންގާ އެ ކުލިނިކުން 24 ގަޑިއިރަށް ހިދުމަތް ދޭން ފެށީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މީގެ އިތުރުން މާލޭގައި، ކުރިން އިމާރާތްކުރަން ފެށި ކޮރަލް ބޮލެވާޑުގެ އިމާރާތުގައި ވެސް ޖީޕީ ކްލިނިކެއް ގާއިމްކޮށް، މިދިޔަ މަހު 19ގައި ވަނީ ހުޅުވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އާއަހަރު ފެސްޓިވަލް އިން ސްޓޯލްދޫކުރަން ފަށައިފި
ސިކުންތުކޮޅެއް ކުރިން

ދެވަނަ ދައުރަކަށް ރައީސް މުއިއްޒު ހޮވުމުގެ އުއްމީދު ބޮޑު: ވަޒީރު އާދަމް ޝަރީފް
ގަޑިއިރެއް ކުރިން

ޒުވާނުންގެ ވެހީގެ އެންޖީއޯ ސްޕޭސް އެއްވެސް ފީއެއް ނުދައްކާ ޖަމިއްޔާތަކަށް ބޭނުންކުރެވޭނެ: މިނިސްޓަރު
ގަޑިއިރެއް ކުރިން

ޓްރެފިކް ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަކީ ވާޖިބެއް: ޚުތުބާ
3 ގަޑިއިރު ކުރިން


