logo

ޓްރެފިކް ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަކީ ވާޖިބެއް: ޚުތުބާ

profile

ޝަހްޒާ މުޙައްމަދު - 19 ޑިސެމްބަރު 2025 - 11:40

ޓުރެފިކް ގަވާއިދުތަކާއި އުސޫލުތަކަކީ، އިސްލާމީ ޝަރީއަތާ ތައާރުޟުވާ ކަމެއް ނޫން ކަމަށާއި އެއާ އެއްގޮތަށް އަމަލުކުރުމަކީ ވާޖިބެއްކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެދީފިއެވެ.

https://wamco.com.mv/

ޚުތުބާގައި އަލިއަޅުވާލީ، ތިމާއާއި އަނެކުންގެ ރައްކާތެރިކަމުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، އަމިއްލަ ނަފުސާއި އެހެން މީހުންގެ ރައްކާތެރިކަމަށް ސަމާލު ވެވޭނީ ﷲ ދެއްވާފައިވާ ނިއުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަމަށެވެ. އެ ގޮތުން، އެކަލާނގެ އެތައް ނިއުމަތްތަކެއް ދެއްވާފައިވާއިރު، އެ ހުރިހާ ކަންކަމަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އަހަރެމެނަށް ﷲ ދެއްވާފައިވާ ނިއުމަތްތަކުގެ ތެރޭގައި، ބުއްދިއާއި ފެނުމުގެ ބާރު ހިމެނެއެވެ. އެ ކަންކަމަށް ޝުކުރުވެރިވުމަކީ، ހެޔޮ ގޮތުގައި އެ ބާރުތައް ނުވަތަ ނިއުމަތްތަކުގެ ބޭނުން ހިފުންކަން ޚުތުބާގައި އެންމެނަށް ހަނދާންކޮށްދިނެވެ.

މީގެ އިތުރުން، މަގުމަތީގެ ގަވައިދުތަކަށް އިހުތިރާމު ނުކުރާ މައްސަލައަށް ވެސް ޚުތުބާގައި އަލިއަޅުވާލިއެވެ.

"އެއްގަމު އުޅަނދުތައް ދުއްވާ މީހުން ދަތުރުފަތުރާ ގުޅޭ ނިޝާންތަކާއި، އުޅަނދު ދުއްވާންވީ ބާރުމިން އަންގައިދޭ ބޯޑުތަކާއި، ޓުރެފިކް ލައިޓުތަކާއި، ޓުރެފިކް ޕޮލިހުގެ އިރުޝާދަށް ތަބަޢަވާން ޖެހޭ. ޓުރެފިކް ޤަވާޢިދުތަކާއި އުޞޫލުތަކަކީ، އިސްލާމީ ޝަރީޢަތާ ތަޢާރުޟުވާ އެއްޗެއް ނޫން. އެއާ އެއްގޮތަށް ޢަމަލުކުރުމަކީ ވާޖިބުކަމެއް." ހުކުރު ޚުޠުބާ ވިދާޅުވިއެވެ.

ޚުޠުބާގައި ބުނީ މަގުމަތި، އަމާން ތަނަކަށް ހެދުމަށް ޓަކައި ހުރި އިރުޝާދުތައް ކީރިތި ރަސޫލާ ސުންނަތުން ފެންނާން އެބަހުރި ކަމަށާއި މަގުމަތީގައި މީހަކަށް އުނދަގުލެއްވާ ގޮތަށް، ހުންނަ ތަކެތި އެއްފަރާތްކޮށްލުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަމުގައެވެ.

ކީރިތި ރަސޫލާގެ ހަޔާތްޕުޅުން މިސާލު ނަންގަވައި ޚުތުބާގައި ބުނީ، އެ ޒަމާނުގައި ޓްރެފިކް ގަވާއިދުތައް ނެތް ނަމަވެސް، މަގު ބޭނުންކުރާ މީހުންގެ ހައްގުތަކާއި ތަބާވާން ޖެހޭ ވާޖިބުތަކާއި އުސޫލުތައް ހުންނަ ކަމަށެވެ. މިގޮތުން، އެ އުސޫލުތަކުގެ ބޭނުމަކީ ހުރިހާ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، ދަތުރު ދުޢާކިއުމަކީ، ޝަރުޢުކުރައްވައިފައިވާ ކަމެއްކަމުގައި ވެސް ޚުތުބާގައި ހަންދާންކޮށްދިނެވެ.

ޚުތުބާގައި ބުނީ ބައެއް ފަހަރު އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ފަރިތަކަމާއި، ކުޅަދާނަކަން ދައްކާން އުޅެނިކޮށް، ނުރައްކާތެރި ހާދިސާތައް ހިނގާ ކަމަށެވެ. އެތައް ބަޔަކަށް ގެއްލުން ވާކަމަށެވެ. އަދި ނިދިއައިސްފައިވާ ޙާލަތުގައްޔާއި، ހަމަހޭވެރިކަންނުވާ ޙާލަތުގައްޔާއި، ނަފްސާނީ ބުރަތަކެއް ތަހައްމުލުކުރާ ހަލަތުގައި، އުޅަނދުފަހަރު ދުއްވުމަކީ ރައްކާތެރިކަމެއް ނޫންކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay