
އިމިގްރޭޝަންގެ މަސައްކަތަކީ ކަންމަތީފިހާރަ ހިންގާ އުސޫލުން ހިދުމަތް ދެވޭނެތަނެއް ނޫން: ފަސީހް

މުޙައްމަދު ފަޟްލޫން - 19 ޑިސެމްބަރު 2025 - 11:39
އިމިގްރޭޝަންގެ މަސައްކަތަކީ ކަންމަތީފިހާރަ ހިންގާ އުސޫލުން ހިދުމަތް ދެވޭނެތަނެއް ނޫން ކަމަށް ކޮންޓްރޯލަރ ޖެނެރަލްސް ސީޕީ ރިޓަޔަރޑް އަހްމަދު ފަސީހް ވިދާޅުވެއްޖެއެވެ.
ހޯމްލޭންޑް ސެކިއުރިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަސީހް ވިދާޅުވީ އިމިގްރޭޝަންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްނުދެވިއްޖެނަމަ އެމީހުން ވަންނާނެ އެހެން ދޮރެއް ނޯންނާނެ ކަމަށެވެ.
އިމިގްރޭޝަންގެ ހުރިހާ އަމާޒެއް ހުރީ ރައްޔިތުންނަށް ހިދުމަތްދޭ ދިނުން ފުޅާކޮށް ކައިރިން ހިދުމަތް ދިނުމަށް ކަމަށް ފަސީހް ވިދާޅުވިއެވެ.
މިއަހަރުގެ އޭޕްރިލް މަހުގައި އިމިގްރޭޝަނުން ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށް 3 ކެމްޕޭނެއް ހިންގާފައިވާކަން ފާޙަގަކުރައްވައި އެ ކެމްޕޭންތަކުގެ ތަފްސީލް ވަނީ ހިއްސާކުރައްވާފައެވެ.
މިއަހަރުގެ އޭޕްރީލް މަހުގައި ފެށި ކެމްޕޭންތަކުގެ ތެރޭގައި ސަރވިސް އެންހޭންސް ކުރުމުގެ ކެމްޕޭނަކާއި ނަޒާހަތްތެރިކަމުގެ ކެމްޕޭނެއްގެ އިތުރުން ސްމައިލިންގ ކެމްޕޭނެއް ހިމެނޭ ކަމަށް ފަސީހް ވިދާޅުވިއެވެ.
އެ ކެމްޕޭންތައް ފެށި ހިސާބުން އޭގެ ހެޔޮ ބަދަލު އަންނަން ފެށިކަމަށް އޭނާ ވިދާޅުވިއެވެ.
އިމިގްރޭޝަންގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި ކެމްޕޭންތަކަކީ ވަކި ކަމަކަށް ވިސްނައިގެން ހިންގި ކެމްޕޭނެއް ކަން ފާހަގަކުރައްވައި ފަސީހް ވިދާޅުވީ އެކަމުގެ ހެޔޮ ބަދަލު މުޅި މުއައްސަސާއަށް އައިސްފައިވާ ކަމަށެވެ.
ރައްޔިތުން އިމިގްރޭޝަންގެ ހިދުމަތްތަކުގެ ރަނގަޅުވާހަކަ ދައްކަން ފެށިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އިމިގްރޭޝަންގެ އަމާޒަކަށްވީ ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލްވިއިރު ޕާސްޕޯޓްގެ ހިދުމަތް ދެމުންދިޔައީ އެންމެ 6 އަތޮޅުގައި ކަމަށް ފަސީހް ވިދާޅުވިއެވެ. ނަމަވެސް މިހާރު މިހާތަނަށް ޕާސްޕޯޓްގެ ހިދުމަތް 31 ރަށެއްގައި ގާއިމްކުރެވިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލްވެ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ގާއިމްކޮށްފައިވާ ކަމަށް ފަސީހް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ދެވަނަ ދައުރަކަށް ރައީސް މުއިއްޒު ހޮވުމުގެ އުއްމީދު ބޮޑު: ވަޒީރު އާދަމް ޝަރީފް
ގަޑިއިރެއް ކުރިން

ޒުވާނުންގެ ވެހީގެ އެންޖީއޯ ސްޕޭސް އެއްވެސް ފީއެއް ނުދައްކާ ޖަމިއްޔާތަކަށް ބޭނުންކުރެވޭނެ: މިނިސްޓަރު
ގަޑިއިރެއް ކުރިން

އަމާން އުދަރެހުގައި ހަދާ ޖީޕީ ކްލިނިކް ފެބްރުއަރީގެ ނިޔަލަށް ނިމޭނެ
ގަޑިއިރެއް ކުރިން

ޓްރެފިކް ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަކީ ވާޖިބެއް: ޚުތުބާ
2 ގަޑިއިރު ކުރިން


