logo

ދެވަނަ ދައުރަކަށް ރައީސް މުއިއްޒު ހޮވުމުގެ އުއްމީދު ބޮޑު: ވަޒީރު އާދަމް ޝަރީފް

profile

މުޙައްމަދު ފަޟްލޫން - 19 ޑިސެމްބަރު 2025 - 12:57

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެ ވަނަ ދައުރަކަށް، ރައްޔިތުން ހޮވާނެކަމުގެ އުއްމީދު ބޮޑު ކަމަށް އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅާ މެދުގައި 62 ޕަސެންޓް މީހުން ހިތްހަމަޖެހޭކަން ބާނީ ސެންޓަރ ފޯރ އިންޓަނޭޝަނަލް ޕޮލިސީގެ ސާވޭއަކުން ވަނީ ދައްކާފައެވެ.

އެ ކަމާ ގުޅޭގޮތުން ލިޔެފައިވާ އާޓިކަލް އެއް 'އެކްސް' ގައި ހިއްސާކުރައްވާ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވާފައެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބަލާއިރު އަދި ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ކުރިމަގާ މެދު ގެންގުޅުއްވާ ތަޞައްވުރާއި، މިހާތަނަށް ގެންނަވާފައިވާ ހެޔޮ ބަދަލުތަކަށް ރިޢާޔަތް ކުރާއިރު، ދެ ވަނަ ދައުރަކަށް އެ މަނިކުފާނު ރައްޔިތުން ހޮވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay