logo

އާއަހަރު ފެސްޓިވަލް އިން ސްޓޯލްދޫކުރަން ފަށައިފި

profile

ޝަހްޒާ މުޙައްމަދު - 19 ޑިސެމްބަރު 2025 - 14:19

އާ އަހަރާ ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ނިއު އިޔަރ ފެސްޓިވަލް"އިން ސްޓޯލް ކުއްޔަށް ހިފުމުގެ ފުރުސަތު އެޗްޑިސީއިން ހުޅުވާލައިފިއެވެ.

https://wamco.com.mv/

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން، އެޗްޑިސީއިން ބުނީ، އޮންލައިންކޮށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ހުށަހަޅާ މީހުންނަށް އިސްކަންދޭ އުސޫލުން ޝަރުތުހަމަވާ ފަރާތްތަކަށް ސްޓޯލް ކުއްޔަށް ދޫކުރެވޭނެކަމަށެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި 2ވަނަ ފިޔަވަހި ގުޅޭ ޗެނަލް ސަރަހައްދުގައި ކުރިއަށް ގެންދަަން ހަމަޖެހިފައިވާ ފެސްޓިވަލަށް 80 ސްޓޯލް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުންޏެވެ.

ސްޓޯލްތަކަށް ދުވާލަކަށް 500 ރުފިޔާގެ ރޭޓުން 6 ދުވަހަށް 3000 ރުފިޔާ ދައްކަން ޖެހެއެވެ.

މި ފެސްޓިވަލުގެ ސްޓޯލްތައް ކުއްޔަށް ހިފުމަށް ހުށަހަޅާއިރު، އައިޑީ ކާޑު ކޮޕީ، އަދި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއްކަމުގައިވާނަމަ، އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ނުވަތަ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ދޫކުރާ ޕްރޮފައިލް ޝީޓް ހުށަހަޅަންޖެހޭނެއެވެ.

ސްޓޯލްތައް ހިންގަން ހަމަޖެހިފައިވަނީ 27 ޑިސެމްބަރުން 29 ޑިސެމްބަރަށް، 16:00 އިން 00:30އަށް އަދި 30 ޑިސެމްބަރުން 31 ޑިސެމްބަރަށް: 16:00 އިން 1:00އަށް އަދި1 ޖަނަވަރީ 2026: 16:00 އިން 00:30އަށެވެ.

ނިއު އިޔާރ ފެސްޓިވަލްގެ ސްޓޯލް ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހެޅޭނީ އޮންލައިން ލިންކު މެދުވެރިކޮށެވެ.

ފޯމު ހުށަހެޅޭނީ މިމަހުގެ 22ވާ އާދީއްތަ ދުވަހުގެ 12:00 އިން ފެށިގެން 23 ޑިސެމްބަރުވާ ހޯމަ ދުވަހުގެ 12:00ގެ ނިޔަލަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay