logo

ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖެ އެތެރެވާ އުސޫލުތަކަށް ބަދަލުގެނެސްފި

profile

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 13:37

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުމުގެ އުސޫލުތަކަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކުއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ބަދަލުތަކެއް ގެނެސްފިއެވެ.

https://wamco.com.mv/

01 ޖެނުއަރީ 2026 އިން ފެށިގެން ދާއިމީ ކޯޓާ ދޫކުރާ މަސައްކަތްތަކަށް ވާކް ސައިޓް ރަޖިސްޓްރީ ކޮށްދެވޭނީ، މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޮޓޮރައިޒް ކޮށްފައިވާ ވޯކް ސައިޓް ޑިކްލަރޭޝަން ފޯމު އަދި އިގްރާރު ހުށަހެޅުމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވޯކް ސައިޓް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ލިޔެކިއުންތަކުގެ އިތުރުން މިނިސްޓްރީން އިތުރަށް ކަމެއް ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި، ސައިޓް ރަޖިސްޓަރީކުރަނީ ކުއްޔަށް ހިފާ ތަނެއްގައި ކަމުގައިވަނީ ނަމަ، ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މިހާރު ދާއިމީ ކޯޓާ ދޫކުރެވި ރަޖިސްޓަރީކޮށްފައިވާ ސައިޓްތަކުގެ މައުލޫމާތު އަދާހަމަކުރުމުގެ ގޮތުން، 2026 ޖަނަވަރީ 31 ވަނަ ދުވަހުގެ ކުރިން ވާކް ސައިޓް ޑިކްލަރޭޝަން ފޯމު އަދި އިގްރާރު، ރަޖިސްޓަރީކޮށްފައިވާ ސައިޓުގެ ޑޮކިއުމަންޓް އަޕްޑޭޓް ރިކުއެސްޓް ނުވަތަ ސައިޓް ޕާމިޓް އަޕްޑޭޓް މެދުވެރިކޮށް ހުށަހެޅުމަށް ހުރިހާ ވަޒީފާދޭ ފަރާތްތަކަށް މިނިސްޓްރީ އިން ވަނީ އަންގާފައެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑް ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ރާއްޖެ އެެތެރެވުން ހުއްޓުވައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.


https://wamco.com.mv/
https://eportal.mwsc.com.mv/e-pay