logo

ބޮޑުތަކުރުފާނުމަގު ހެދުން: ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

profile

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 13:49

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

https://wamco.com.mv/

މަޖީދީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ބާޒާރު މަތީ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ އެ ސަރައްދުގައި އެންމެ ބާރަށް ކުރިއަށްދަނީ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މިމަޝްރޫއުގެ ދަށުން ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްގީ ކުރުމާއި ކާބްސްޓޯން ޖެހުމުގެ މަސައްކަތާއި ނަޖިސް ފެނާއި ސާފު ފެން ހޮޅި އެޅުމުގެ މަސައްކަތުގެ އިތުުރުން އެއްގަމު ތޮށި 6 މީޓަރު ބޭރަށް ޖައްސައި މަގު ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީ އިންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay