
2026 ވަނަ އަހަރަށް ފުލުހުން ތައްޔާރުކުރި ކަލަންޑަރު އިފްތިތާހުކޮށްފި

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 13:38
ފުލުހުންގެ ހިދުމަތުން 2026 ވަނަ އަހަރަށް ތައްޔާރުކުރި ކަލަންޑަރު އިފްތިތާހުކޮށްފިއެވެ.
ކަލަންޑަރު އިފްތިތާހުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ.
ކަލަންޑަރު އިފްތިތާހުކުރުމަށް ކޮމިޝަނަރގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާއާއި، ޕަބްލިކް އެފެއާޒް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ރިފްޢަތު ނަސީމް އަދި ގްރެފިކްސް އެންޑް ޕްރޮޑަކްޝަން ޔުނިޓުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
ފުލުހުން ބުނީ ހާސިލުކުރެވޭ ކޮންމެ މޭލުގާއަކީ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން މި ތީމުގެ ދަށުން ތައްޔާރުކޮށްފައިވާ މި ކަލަންޑަރުން ދައްކުވައިދެނީ ފުލުހުންގެ ހިދުމަތުން 2025 ވަނަ އަހަރު ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަށް ކަމަށެެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނުމަގު ހެދުން: ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ
2 ގަޑިއިރު ކުރިން

ތެލެސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް ދެނީ
2 ގަޑިއިރު ކުރިން

އާ ޓާމިނަލުން ޓާކިޝް އެއަރލައިންސް އަށް ހިދުމަތްދޭން ފަށައިފި
2 ގަޑިއިރު ކުރިން

ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖެ އެތެރެވާ އުސޫލުތަކަށް ބަދަލުގެނެސްފި
2 ގަޑިއިރު ކުރިން


