
ތެލެސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް ދެނީ

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 13:38
ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، 01 ޖެނުއަރީ 2026 އިން ފެށިގެން މަހަކު 2،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 2026 ވަނަ އަހަރު އަލަށް ފަށާ ޕްރޮގުރާމުތައް އިފުތިތާހުކުރުމަށް ބޭއްވި ހާއްސަ ހަފުލާއެއްގައި، މި ޕްރޮގުރާމު އިފުތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
މިއީ ރާއްޖޭގައި ތެލެސީމިއާ ބަލިމީހުންނަށް ދައުލަތުން މިފަދަ އިނާޔަތެއް ދޭން ނިންމި ފުރަތަމަ ފަހަރެވެ. މި އިނާޔަތް ދިނުމަށް އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ 11.7 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.
ތެލެސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓަރީ ވެފައިވެ އެވެ.
ތެލެސީމިއާ ކުދިންނަށް އެލަވަންސެއް ދިނުމަށް ނިންމަވައި ރައީސް އެކަން އިއުލާނުކުރެއްވީ ރާއްޖޭގެ ރަށްތަކަށް ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރެއްވި ދަތުރުފުޅުގައި ލ ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނުމަގު ހެދުން: ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ
2 ގަޑިއިރު ކުރިން

އާ ޓާމިނަލުން ޓާކިޝް އެއަރލައިންސް އަށް ހިދުމަތްދޭން ފަށައިފި
2 ގަޑިއިރު ކުރިން

2026 ވަނަ އަހަރަށް ފުލުހުން ތައްޔާރުކުރި ކަލަންޑަރު އިފްތިތާހުކޮށްފި
2 ގަޑިއިރު ކުރިން

ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖެ އެތެރެވާ އުސޫލުތަކަށް ބަދަލުގެނެސްފި
2 ގަޑިއިރު ކުރިން


