
ތައިލޭންޑުގައި ހިނގި ރޭލު އެކްސިޑެންޓާއި ގުޅިގެން ރައީސްގެ ތައުޒިއާ

ޝަހްޒާ މުޙައްމަދު - 15 ޖެނުއަރީ 2026 - 13:19
ތައިލޭންޑުގެ ނާކޯން ރާޗަސީމާ ޕްރޮވިންސްގެ ސީކިއޫ ޑިސްޓްރިކްޓްގައި ހިނގި ހިތާމަވެރި ރޭލު އެކްސިޑެންޓާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ އަނޫޓީން ޗަރްވިރަކޫލްއަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަޚަމްވި މި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމަ ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ތައިލެންޑް ސަރުކާރަށާއި، މި ހާދިޘާގެ ސަބަބުން ހިތްދަތިކަން ތަޙައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތަޢުޒިޔާ ވިދާޅުވިއެވެ.
އަދި މި ހާދިސާގައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މީހުން ހޯދައި ސަލާމަތްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވިއެވެ.
ބުދަ ދުވަހު މި އެކްސިޑެންޓް ހިނގާފައިވަނީ ބެންކޮކްގެ އިރުއުތުރުން 230 ކިލޯމީޓަރު (143 މޭލު) ދުރުގައި އޮންނަ ނަޚޮން ރައްޗަސިމާ ޕްރޮވިންސްގެ ސިކިއޯ ޑިސްޓްރިކްޓްގައެވެ. އެ ރޭލު ދަތުރުކުރީ ތައިލެންޑްގެ ވެރިރަށް އުބޮން ރައްޗަތާނީ ޕްރޮވިންސަށެވެ.މި ހާދިސާގައި 28 މީހުން މަރުވެ 64 މީހުން ވަނީ ޒަޚަމްވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެ ފޭސް 3 ބިންހިއްކުމުގެ 94 އިންސައްތަ މަސައްކަތް ނިމިއްޖެ
ގަޑިއިރެއް ކުރިން

ހަފްތާއެއްގެ ތެރޭގައި މާލެ، ބުރިޖު އަދި ހައިވޭގައި 67 އެކްސިޑެންޓު
2 ގަޑިއިރު ކުރިން

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަމީހުން ޓެމްޕްލެޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

އައްޑޫ "ސްކޫޕް" އަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހަޅައިފި
2 ގަޑިއިރު ކުރިން


