logo

އައްޑޫ "ސްކޫޕް" އަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހަޅައިފި

profile

ޝަހްޒާ މުޙައްމަދު - 15 ޖެނުއަރީ 2026 - 13:57

އައްޑޫ ސިޓީ ހިތަދޫގައި ހަރަކާތްތެރިވާ "ސްކޫޕު ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް (ގޭންގެއް) ކަމަށް ކަނޑައަޅުއްވައިދިނުމަށް އެދި ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

ޕީޖީ އޮފީހުން ބުނީ ކޯޓަށް އެ މައްސަލަ ހުށަހެޅީ "ސްކޫޕް" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމަށް ފުލުހުން އެދުމުން، އެ އޮފީހުން ބެލި ބެލުމުން އެ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާތީ ކަމަށެވެ. އަދި އެ" ގްރޫޕަށް ނިސްބަތްވާ ނުވަ މީހަކު ފާހަގަވެފައިވާތީ، އެ މީހުންނަކީ އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައެޅުމަށް ވެސް ކޯޓުގައި އެދިފައިވެ އެވެ.

"ސްކޫޕް" އަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސްކޭޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށް ދިނުމަށާއި "ސްކޫޕު"، "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި، އެންމެހައި ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް ކޯޓުގައި ވަނީ އެދިފަ އެވެ.

މިއީ ގޭންގެއް ކަމަށް ކަނޑައެޅުމަށް ހުށަހެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން ފުލުހުން ވަނީ މާލޭގައި ހަރަކާތްތެރިވާ ގްރޫޕެއް ވެސް ގޭންގެއް ކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވެ އެވެ.

ބޮޑެތި އަދަބުތަކެއް ހިމަނާފައިވާ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ރައީސް ތަސްދީގް ކުރައްވަފައިވަނީ މިދިޔަ އަހަރުގެ މެއިމަހުއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay