logo

ހަފްތާއެއްގެ ތެރޭގައި މާލެ، ބުރިޖު އަދި ހައިވޭގައި 67 އެކްސިޑެންޓު

profile

ޝަހްޒާ މުޙައްމަދު - 15 ޖެނުއަރީ 2026 - 14:02

މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް މާލެއާއި ސިނަމާލެ ބުރިޖު އަދި ހައިވޭގައި ޖުމްލަ 67 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާލޭގައެވެ.

https://wamco.com.mv/

މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް އެއްކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 67 އެކްސިޑެންޓުގެ ތެރެއިން، މާލެ ތެރޭގައި 56 އެކްސިޑެންޓު ހިނގައިގެން ވަނީ ރިޕޯޓްކޮށްފައެވެ.

އެންމެ ގިނަ އެކްސިޑެންޓުތައް ހިނގީ މިމަހުގެ 6ވަނަ ދުވަހުއެވެ. އެދުވަހު އެކަނި 13 އެކްސިޑެންޓް ވަނީ ހިނގާފައެވެ. ދެވަނައަށް އެންމެ ގިނައިން އެކްސިޑެންޓު ހިނގީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އެއީ 12 އެކްސިޑެންޓެވެ.

ފުލުހުން ބުނާގޮތުގައި މީގެތެރެއިން 19 އެކްސިޑެންޓެއް ހިނގީ ސައިކަލާއި ސައިކަލު ޖެހިގެންކަމަށެވެ. އަދި ސައިކަލާ ކާރު ޖެހިގެން 19 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.

ފުލުހުން ބުނާ ގޮތުގައި ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay