logo

ސެލޫންތަކާއި ސްޕާތަކުން 7 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

profile

ޝުރުފާ މުހަންމަދު - 19 ސެޕްޓެމްބަރު 2024 - 19:19

އިމިގްރޭޝަނުން މިއަދު ހިންގި އޮޕަރޭޝަނުގައި 22 ތަނެއް ބަލާ ފާސްކޮށްފައިވޭ--- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން މިއަދު ހިންގި އޮޕަރޭޝަނުގައި 22 ތަނެއް ބަލާ ފާސްކޮށްފައިވޭ--- ފޮޓޯ: އިމިގްރޭޝަން

މާލޭގައި ހިންގަމުން އަންނަ ސެލޫންތަކާއި ސްޕާތައް ބަލާ ފާސްކޮށް 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި މާލެ ސަރަހައްދުން 22 ތަނެއް އިމިގްރޭޝަނުން ވަނީ ބަލާ ފާސްކޮށްފަ އެވެ. އެތަންތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ 7 މީހަކު އިމިގްރޭޝަނުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އެ ހަތް މީހުންނަކީ ވެސް އަންހެނުންނެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގެ ތެރެއިން އެމީހުންނަށް ވަޒީފާ ދީފައިވާ 7 ފަރާތަކަށް ވެސް ނޯޓިސް ދީފައިވާ ކަމަށެވެ.

އެ އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އޮފިސަރުންނާ އެކު ފުލުހުންގެ އިންޓެލިޖެންސް ޓީމް ބައިވެރިވި އެވެ.

ރާއްޖޭގައި ގަވާއިދާ ޛިލާފަށް އުޅޭ ބިދޭސީން ހޯދާ އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް އިމިގްރޭޝަނުން ވަނީ 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފަ އެވެ. އިމިގްރޭޝަނުން އެންމެ ފުރަތަމަ އޮޕަރޭޝަން ފެށީ، ވިޔަފާރިތަކަށް އަމާޒުކޮށެވެ. އެކަމަކު މިހާރު ބިދޭސީން ދިރިއުޅޭ ތަންތަން ވެސް ވަނީ ބަލަން ފަށާފަ އެވެ.

މީގެ އިތުރަށް އާންމުންގެ ތެރެއިން މިފަދަ މައްސަލަތައް ހުށަހެޅުމަށް އިމިގްރޭޝަން ވޮޗްގެ ނަމުގައި ޕްލެތްފޯމެއް ގާއިމްކޮށްފައިވާއިރު، މިދިޔަ ދެ މަސް ތެރޭ އެކަނި ވެސް 600 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.


tel:+9607331319