logo

ގަވާއިދާ ހިލާފަށް އުޅުނު 7 ބިދޭސީއަކު އަތުލައިގެންފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 18 ސެޕްޓެމްބަރު 2024 - 12:35

އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން

އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން

އާއްމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ގޮތަށް ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކޮށް ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން އެފަދަ ތަންތަނުގައި އުޅެމުންދިޔަ 7 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާއްމު ރައްކާތެރިކަމެއް ނެތި ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފެށީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގެ ތެރެއިން މިދިޔަ ހޯމަ ދުވަހު މާލެއިން 4 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެއީ ދެ ގެއަކާއި 2 ހޮޓަލެވެ. އެ ތަންތަނުގައި އުޅެމުންދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައި ވެއެވެ.

މި އޮޕަރޭޝަން އަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އޮޕަރޭޝަނެކެވެ.

އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާއްމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުން ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

https://wamco.com.mv/
tel:+9607331319