logo

ބީއެމްއެލްގެ ސީއީއޯގެ މަގާމުން ކާރލް އިސްތިއުފާ ދެއްވައިފި

profile

ޒިދާން މުޙައްމަދު - 09 ސެޕްޓެމްބަރު 2024 - 13:14

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ މަގާމުގައި ހުންނެވި ކާރލް ސްޓުމްކަ އިސްތިއުފާ ދެއްވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުގެ ސީއީއޯ ކާރލް ސްޓުމްކަ މިމަހުގެ 8 ގައި އިސްތިއުފާދީފައިވާ ކަމަށެވެ.

ކާރލް އެ މަގާމަށް އައްޔަން ކުރަން އެ ބޭންކުން ނިންމީ 2022 ވަނަ އަހަަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ.

އިސްތިއުފާގެ ނޯޓިސްއާއެކު ކާރލް ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނަވާނީ މިމަހުގެ 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާ، އީޖީއެމްއާ ހަމައަށެވެ.

ބީއެމްއެލުން ބުނީ ސީއީއޯގެ މަޤާމަށް ބޭފުޅަކު ހޯދުމުގެ މަސައްކަތް ކުރިޔަށްދާ މުއްދަތުގައި ބޭންކު ހިންގުމުގެ ޒިންމާ އަދާކުރައްވަނީ ޑިޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ކަމަށެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުމަށް މަސައްކަތް ފަށާނެ ކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ.

tel:+9607331319