logo

ޑޮލަރު ލިމިޓް އުވާލަން ކުއްލިޔަކަށް ބީއެމްއެލްއަކަށް ނޭންގޭނެ: މެމްބަރު ނިޒާރު

profile

އާމިނަތު ޝަފާ - 29 އޯގަސްޓު 2024 - 15:40

މެމްބަރު ނިޒާރު

މެމްބަރު ނިޒާރު

ޑޮލަރު ލިމިޓް އުވާލަން ކުއްލިއަކަށް ބޭންކް އޮފް މޯލްޑިވްސް އަކަށް ނޭންގޭނެކަމަށް ފޭދޫ އުތުރު ދާއިރާ މެމްބަރު އިސްމާޢީލް ނިޒާރު ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ އަސްލު ޓީވީގެ "ބާބު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެމްބަރު ނިޒާރު ވިދާޅުވީ 250 ޑޮލަރަކީ ކުޑަ އަދަދެއްނަމަވެސް އޭގެ ބޭނުން ރައްޔިތުންނަށް ވަރަށް ބޮޑުކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން މެމްބަރު ވިދާޅުވީ މި ޑޮލަރުގެ ބޭނުން ކިޔަވާ ދަރިވަރުންނަށާއި ރާއްޖެއިން ބޭރުގައި އުޅޭ އާއިލާތަކަށް ނުހަނު މުހިންމުކަމަށެވެ. އެހެންކަމުން ބީއެމްއެލްގެ ރަނގަޅު ނިޔަތެއް އޮތްކަމަށްވާނަމަ މިކަން ކުރަންވީ ކުއްލިޔަކަށް ނޫންކަމަށާއި މުއްދަތެއް ރައްޔިތުންނަށް ދޭންޖެހޭނެކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންނާ ގުޅުންހުރި މިފަދަ ބޮޑު މައްސަލައެއްގައި ބިއެމްއެލްއިން ކުއްލިއަކަށް އަމަލުކުރުމުން ރައީސަށް ލިބިވަޑައިގެންނެވި ބާރުގެ ދަށުން އެކަން ރިވާޓް ކުރެއްވީ.އެއީ ރައީސް ނިންމެވި ރަނގަޅު ނިންމެވުމެއް. އަޅުގަނޑުގެ ކޮންސާނަކީވެސް ކީއްވެހޭ މުއްދަތެއް ނުދީ ނިންމީ".

ހާލަތާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ކުރަން އުޅުނު ބާޣާވާތާއި ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ މިހާރު ފެނިގެންދަނީ ރައްޔިތުންނާ ގުޅޭ ކަންކަމުގައި ސިޔާސީ ގޮތުން އެބަޔަކަށް ނެގުނު ފައިދާއެއް ނަގަމުންދާ މަންޒަރުކަމަށެވެ.

މެމްބަރު ވިދާޅުވީ މިހާރު ކަންތައްވާގޮތަކީ ސިޔާސީ ގޮތުން އިދިކޮޅުގައި ތިބޭއިރު ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ނިންމިޔަސް އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ދެނީ އެ ފަރާތްތަކުން ބޭނުންވާ މެސެޖެއްކަމަށެވެ. މި ފަދަ ކޮންމެ ދަނޑިވަޅަކުވެސް މެޑެލް އެއް ޖެހޭތޯ އިދިކޮޅު އެމްޑީޕީން މަސައްކަތްކުރާ ކަމަށެވެ.

" މީގައި އޮންނަންޖެހޭ ހައްދެއް ހުދޫދެއް. އެކަމަކު ފެންނަނީ އެކަމެއްގެ ސިޔާސީ ފައިދާ ނަގަން އިދިކޮޅުން މަސައްކަތްކުރަމުންދާތަން."

މެމްބަރު އިތުރަށް ވިދާޅުވީ ދިވެހިންގެ ބޭންކުން މި އަމަލުކުރި ގޮތުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ބޭންކަށް ގެއްލިފައިވާކަމަށެވެ.

މައްސަލައާ ގުޅިގެން ލިބޭ އެންމެ ފަހުގެ މައުލޫމާތައް ބަލާއިރު މި ނިންމުމާއެކު ބަޣާވާތްކޮށް ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން އުޅުނު މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިކަމާ ގުޅޭ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށް ފުލުހުން ބުނީ މިހާރު ކުރިއަށް ގެންދާ ތަހުގީގުގައި ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަޙްޤީޤު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރު ލިމިޓް އުވާލަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ، ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީކަމަށެވެ.

ބީއެމްއެލްގެ މި ކުއްލި ނިންމުމުގެ ސަބަބުން އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށް މަރުކަޒީ ބެންކު (އެމްއެމްއޭ) ގެ އެންގުމަށްކަމަށް ބުނެ ނިންމުންވަނީ ބަދަލުކޮށްފައެވެ.

tel:+9607331319