
މަންތާ އެއާގެ އޮޕަރޭޝަންތައް ހުއްޓާލައި ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

ރިޟްވާން މޫސާ - 26 ނޮވެމްބަރު 2026 - 09:30
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދެމުން އަންނަ އަމިއްލަ އެއަރލައިން، މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް އެއްކޮށް ހުއްޓާލައި ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަންތާ އެއާލައިނުން މި ގޮތަށް ނިންމާފައިވަނީ އެ އެއާލައިންގެ ވިޔަފާރި ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ވިޔަފާރީގައި ފައިދާއެއް ނުލިބުމުގެ ސަބަބުންނެވެ.
މަންތާ އެއާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުއްވި މެމޯގައި ބުނީ، ވަޒީފާއާ ބެހޭ ގާނޫނާއި ރިޑަންޑަންސީ ގަވާއިދުގެ ދަށުން އޭޓީއާރު ފްލީޓްގެ ހުރިހާ ފަޅުވެރިން ވަނީ މިދިޔަ ހަފުތާއިން ފެށިގެން އޮޕަރޭޝަނަލް ޚިދުމަތުން ވީއްލައިފައިވާ ކަމަށެވެ.
އަދި މި ނިންމުމުގެ ސަބަބުން މުވައްޒަފުންނާއި، އެމުވައްޒަފުންގެ އާއިލާތަކަށް ކުރި އަސަރު ކުންފުނިން ބަލައިގަންނަ ކަމަށް ވެސް މެމޯގައި ބުނެފައިވެ އެވެ. އަދި މިއީ މަސައްކަތުގެ ފެންވަރާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، ދަތި ދަނޑިވަޅުގައި އެ ފަރާތްތަކުން ކޮށްދިން ޚިދުމަތަށް މެނޭޖުމަންޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މަންޓާ އެއަރ އިން އެތެރޭގެ އުދުހުންތައް ހުއްޓާލުމުން، ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތައް ކުރާނީ މޯލްޑިވިއަން އަދި ވިލާ އެއަރ (ފްލައިމީ) އެކަންޏެވެ.
މަންޓާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ކުރު މުއްދަތެއްގެ ތެރޭގައި އާންމުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ އެއަރލައިނެއްކަން ފާހަގަކޮށްލެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

މިސްރުގައި ތެޔޮ ބައުޒަރެއް ފުރޮޅާލައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި 31 މީހަކު މަރުވެއްޖެ!
3 ގަޑިއިރު ކުރިން
ރަޝިޔާގެ މައި އަސްކަރީ މަރުކަޒަކަށް މިސައިލް އާއި ބޮމުގެ ހަމަލާތަކެއްދީފި
3 ގަޑިއިރު ކުރިން

އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް ދައުލަތުން 150،000 ސިންގަޕޫރު ޑޮލަރު ސަރުކާރުން ދީފި
6 ގަޑިއިރު ކުރިން

ކެރެންޏާ ރައްޔިތުން ކައިރިން 'އަހާބަލަ'
7 ގަޑިއިރު ކުރިން


