logo

އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް ދައުލަތުން 150،000 ސިންގަޕޫރު ޑޮލަރު ސަރުކާރުން ދީފި

profile

ރިޟްވާން މޫސާ - 26 ނޮވެމްބަރު 2026 - 09:31

ދައުލަތަށް ގިނަ ދުވަހު ޙިދުމަތް ކުރައްވާފައިވާ ނިޝާން އިއްޒުއްދީން ގެ އިއްޒަތުގެ ޝަރަފު އަރުވާފައިވާ މ.އަލިވާގޭ އިލިޔާސް އިބްރާހީމަށް ދައުލަތުގެ ޙާއްސަ އެހީގެ ގޮތުގައި 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި އެވެ.

https://wamco.com.mv/

ދައުލަތުގެ ހާއްސަ އެހީއެއްގެ ގޮތުގައި މި ފައިސާ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާޔަތެއްގެ ގޮތުގައި އިލިޔާސް އިބްރާހީމަށް ދެއްވާފައިވަނީ އެމަނިކުފާނުގެ ބަލިހާލަތު ހުރިގޮތުން ސާޖަރީއެއް ކުރައްވަން ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ.

އިލިޔާސް އިބްރާހީމަކީ ދައުލަތުގެ އެކިއެކި މަތީ މަގާމުތައް ފުރުއްވާފައިވާ އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ އިލްމުވެރި އިޙްލާސްތެރި ބޭފުޅެއްކަން ފާހަގަކޮށްލެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، މި ފައިސާ ހަމަޖައްސަވައި ދެއްވުމަށް ނިންމެވީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، އިންސާނިއްޔަތުކަމުގެ ގޮތުން ދެއްވާ ޚާއްސަ އިނާޔަތެއްގެ ގޮތުގައި ކަމަށެވެ.

އިލްޔާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ، ގިނަ ދުވަސްތަކެއް ވަންދެން ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކޮއްކޯފުޅެވެ

https://wamco.com.mv/
tel:+9607331319