logo

މިސްރުގައި ތެޔޮ ބައުޒަރެއް ފުރޮޅާލައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި 31 މީހަކު މަރުވެއްޖެ!

profile

ރިޟްވާން މޫސާ - 26 ނޮވެމްބަރު 2026 - 12:18

މިސްރުގައި ތެޔޮ އުފުލާ ބޮޑު ތެޔޮބައުޒަރެއް ފުރޮޅާލައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 31 މީހަކު މަރުވެއްޖެ އެވެ.

https://wamco.com.mv/

އިއްޔެ ހިނގި މި ހާދިސާ އާއި ގުޅިގެން މިސްރުގައި ވަރުގަދަ ތަހުގީގެއް ހިނގަން ފަށާފައިވާއިރު އަލިފާނުގެ ހާދިސާގައި އަދައިގެން ގޮސްފައިވާ މީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި ކާކުކަން ނޭނގޭ ވަރަށް ބައެއް މީހުންގެ ހަށިގަނޑުތައް އަދާފައިވާ ކަމަށް މީޑިޔާ ރިޕޯރޓްތައް ބުނެއެވެ.

މި އެކްސިޑެންޓާ ގުޅޭ ތަޙުޤީޤެއް ފެށުމަށް މިޞްރުގެ ޕަބްލިކް ޕްރޮސެކިއުޓަރ އިޢުލާންކުރައްވާފައިވާއިރު، ޝިކާރައަކަށްވި މީހުންގެ ހަށިތަކުން ޑީ.އެން.އޭ (DNA) ސާމްޕަލް ނެގުމަށް ޕަބްލިކް ޕްރޮސެކިއުޓަރ ވަނީ އަމުރުކުރައްވާފަ އެވެ. އަދި 27 އުޅަނދެއް އަނދައިގެން ގޮސްފައިވާ ކަމަށް ވެސް ޖުޑީޝަލް އޮފީހުން ބުނެފައިވެއެވެ.

ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ، އެ ހާދިސާ ހިނގި ސަރަޙައްދަށް 39 އެމްބިއުލާންސް ފޮނުވާފައިވާ ކަމަށާއި، އަނިޔާވި މީހުން ކައިރީގައި ހުރި ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.

ޞިއްޙަތާބެހޭ ވަޒީރު ޚާލިދު ޢަބްދުލްޣައްފާރު ވިދާޅުވީ، އެކްސިޑެންޓް ހިނގި ސަރަޙައްދަށް އެމަނިކުފާނު އަމިއްލަފުޅަށް ވަޑައިގަންނަވާނެ ކަމަށެވެ.

މިޞްރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުލްފައްތާޙު އައް-ސީސީ، ޝިކާރައަކަށްވި މީހުންގެ ޢާއިލާތަކަށް "އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާ" ކަމަށާއި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ރިޔާސީ ތަރުޖަމާނު ވިދާޅުވިއެވެ.

މިޞްރުގެ ކެބިނެޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ބޮޑުވަޒީރު މުޞްޠަފާ މަދުބޫލީ ވެސް ޝިކާރައަކަށްވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، އެ މީހުންގެ ބޭސްފަރުވާގެ ޚަރަދުތައް ދައުލަތުން ހަމަޖައްސައިދިނުމަށް އަމުރުކުރައްވައިފިއެވެ.

https://wamco.com.mv/
tel:+9607331319