ރަޝިޔާގެ މައި އަސްކަރީ މަރުކަޒަކަށް މިސައިލް އާއި ބޮމުގެ ހަމަލާތަކެއްދީފި

ރިޟްވާން މޫސާ - 26 ނޮވެމްބަރު 2026 - 12:18
ރަޝިއާގެ ވެރިރަށް މޮސްކޯގެ އިރުމަތީގައި އޮންނަ މައި އަސްކަރީ މަރުކަޒަކަށް މިސައިލް އާއި ބޮމުގެ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.
މި ހަމަލާ އަކީ ރަޝިޔާ-ޔޫކްރެއިންގެ ސިލްސިލާ ހަނގުރާމައިގެ ތެރެއިން ޔޫކްރެއިނުން ރަޝިޔާ އަށް ޓާގެޓްކޮށް ދީފައިވާ ހަމަލާއެކެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާ އާއި ގުޅިގެން ރަޝިޔާގެ މިސައިލާއި ބޮން އެޅުމަށް ބޭނުންކުރާ އެ ގައުމުގެ އަސްކަރީ 5 މަތިންދާބޯޓަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
މި ހަމަލާއާ ގުޅޭގޮތުން ރަޝިއާގެ ސަރުކާރުން އަދި މިހާތަނަށް ރަސްމީ އެއްޗެއް ހާމަކޮށްފައެއް ނުވާއިރު މި އޮޕަރޭޝަން ހިންގާފައިވަނީ ލީބިޔާގެ ކަނޑުގެ ސަރަހައްދުން ރަޝިއާގެ 2 އުޅަނދަކަށާއި، ފިންލޭންޑް ގަލްފުން ރަޝިއާގެ އުޅަނދަކަށް ޔޫކްރެއިނުން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.
ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ އާއި ގުޅިގެން ޔޫކްރެއިނުން ފުލުފުލުގައި ރަޝިޔާ އަށް ދެމުންގެންދާ ހަމަލާތަކުގައި ރަޝިޔާގެ ތެޔޮކާރުޙާނާ އަކަށް އަމާޒުކޮށް ދިން ހަމަލާތަކާއި ގުޅިގެން އެގައުމުގައި ތެޔޮ ސާފުކުރާ ކާރުހާނާތަކުން ތެޔޮ ޕްރޮސެސްކުރާ މިންވަރު 45 އިންސައްތައަށް ދަށަށް ގޮސްފައިވާ ކަމަށް މީޑިޔާ ރިޕޯރޓްތައް ބުނެ އެވެ.
ރަޝިޔާއިން އެންމެ ފަހުން ޔޫކްރެއިން އަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ނިމިިޔަ ހަފްތާގައި ޔޫކްރެއިނުން ވަނީ ފަސް މީހަކު މަރުވެ ފަސްސަރަހައްދަކުން ކަރަންޓުގެ ޙިދުމަތް މެދުކެނޑިފަ އެވެ.
ހަމަލާތަކުގައި ގެއްލުންވި ސަރަހައްދުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، ރަޝިއާއިން މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންދާތީއާއި ވައިގެ ހަމަލާތަކުގެ އިންޒާރުތަކުގެ ސަބަބުން، ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ އޮޑޭސާއަށް ދިން ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭހެން 2 މީހުން މަރުވެ، އިމާރާތްތަކަށާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިސްރުގައި ތެޔޮ ބައުޒަރެއް ފުރޮޅާލައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި 31 މީހަކު މަރުވެއްޖެ!
3 ގަޑިއިރު ކުރިން

އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް ދައުލަތުން 150،000 ސިންގަޕޫރު ޑޮލަރު ސަރުކާރުން ދީފި
6 ގަޑިއިރު ކުރިން

މަންތާ އެއާގެ އޮޕަރޭޝަންތައް ހުއްޓާލައި ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި
6 ގަޑިއިރު ކުރިން

ކެރެންޏާ ރައްޔިތުން ކައިރިން 'އަހާބަލަ'
7 ގަޑިއިރު ކުރިން


