
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި

މުޙައްމަދު ފަޟްލޫން - 06 އޯގަސްޓު 2026 - 11:19
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށްދިޔަ ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފިއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި އެހީތެރިވުމަށް ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކެޕްޓަން އެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ގެއްލުނު މީހުން ހޯދުމަށްޓަކައި ވައިގެ މަގުންނާއި ކަނޑުމަގުން ކުރިއަށްގެންދާ އޮޕަރޭޝަން މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.
ވައިގެ މަގުން ބެލުމަށްޓަކައި ސިފައިންގެ ޔޫއޭވީ (ޑްރޯން) ތަކުގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓެއް ވެސް ދަނީ ބޭނުންކުރަމުންނެވެ.
ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ފުލުހުންގެ ލޯންޗުތައް މެދުކެނޑުމެއްނެތި އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ 22:37 އެހާކަންހާއިރު، ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ފްރެންޑް 4 ސަޕްލައި ދޯނި ކަނޑުގަދަވުމުގެ ސަބަބުން ރާޅު އަރައި ދިޔަވެގެންނެވެ. އުޅަނދަށް ރާޅު އަރައި ދިޔަވަމުންދާކަމުގެ މައުލޫމާތު ލިބުމާއެކު، ސިފައިންނާއި ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަގުތުން އެ ސަރަހައްދަށް ގޮސްފައެވެ.
ނަމަވެސް، ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް 7 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މި ހަފްތާ ބަންދުގައިވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް
8 ގަޑިއިރު ކުރިން

އޭދަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން އާރްޑީސީން ތައްޔާރުވެއްޖެ
8 ގަޑިއިރު ކުރިން

މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 14 ވަނަ އެޑިޝަން ހުޅުމާލޭގައި ފަށައިފި
8 ގަޑިއިރު ކުރިން

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި
9 ގަޑިއިރު ކުރިން


