
މީގެ ކުރިން ގަޔަށް ބާރު ޓީޝާޓު ލައްވައިގެން މުޒާހަރާ ކުރި ބޭފުޅުން މިއަދު މުޒާހަރާ ހުއްޓުވަން އެއުޅެނީ ވެސް: ޒާޔާ

ރިޟްވާން މޫސާ - 20 އޯގަސްޓު 2026 - 13:16
މީގެ ކުރިން ގަޔަށް ބާރު ޓީޝާޓު ލައްވައިގެން މަޖީދީ މަގުގައި މުޒާހަރާ ކުރެއްވީ މި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައިގެން މި ސަރުކާރުގެ ބޭފުޅުން ކަމަށާއި މިހާރު ފެނިގެން ދަނީ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއަޅަމުން އަންނަ މަންޒަރު ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރ ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެއްޖެ އެވެ.
"އަސްލުޓީވީ"ގެ ބާބު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޒާޔާ ވިދާޅުވީ މި ސަރުކާރުން އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅުމުން އަންނަ ކަމަށެވެ.
ޒާޔާ ވަނީ އެމްޑީޕީގެ ސަރުކާރުގައި ކޮވިޑްގެ ދުވަސްވަރުގައި މި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ހާއްސަ ގޮތެއްގައި ރައީސް ޑރ މުއިއްޒު ހިމެނޭހެން މާލޭގެ މަޖީދީ މަގުގައި މުޒާހަރާ ކުރެއްވެވިކަން ފާހަގަކޮށްފަ އެވެ.
ޕްރޮގްރާމުގައި ޒާޔާ ވިދާޅުވީ އޭރު އެމްޑީޕީގެ ސަރުކާރުން އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްނާޅާ ކަމަށާއި، އިދިކޮޅު ފަރާތްތަކަށް ނުވަތަ އޮޕޮސިޒަން އަށް އެ ފުރުސަތު ދެއްވާފައިވާ ކަމަށެވެ.
"ގަޔަށް ބާރު ޓީޝާޓު ލައްވައިގެން މާލޭގެ މަޖީދީ މަގުގައި މުޒާހަރާ ކުރެއްވީ ހަމަ އެ ބޭފުޅުންނޭ. މިއަދު އެމްޑީޕީ މުޒާހަރާ ކުރަން އުޅުނީމަ، ނޫނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ސުލްހަ ވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަށް އެބަ ހުރަސް އަޅާ" ކަންބޮޑުވުން ފާޅުކުރައްވައި ޒާޔާ ވިދާޅުވި އެވެ.
އެމްޑީޕީން ދާދި ފަހަކުިން މާލޭގައި ވަނީ "ދަތިވެއްޖެ" މިނަމުގައި މާލޭގެ މަޖީދީ މަގުގައި މުޒާހަރާ އެއް ބާއްވާފަ އެވެ. އެމްޑީޕީން ނިންމާފައިވަނީ މަޖީދީ މަގު މާފަންނުން ފެށިގެން މަޖީދީމަގު އެއްކޮށް އަޑު އުފުލުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށެވެ.
އެހެން ނަނަމަވެސް ފުލުހުން ވަނީ މުޒާހަރާ ކުރިއަށް ގެންދިޔަ ނުދީ ސޯޝަލް ސެންޓަރު ސަރަހައްދުން މުޒާހަރާގެ ބައިވެރިން ހުއްޓުވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ޣައްޒާގައި ޤާއިމުކުރާ ސުލްޙަ ބަލަހައްޓާ ފައުޖަށް އެމެރިކާއިން 206 މިލިއަން ޑޮލަރު ދޭން ނިންމައިފި
8 ގަޑިއިރު ކުރިން

މުވައްޒަފުންނަށް ބިރުދައްކައިގެން ސޮއިކުރުވުމަކީ ސަރުކާރުން އަމިއްލަ ނަފްސަށް އޮޅުވާލުން: ރައީސް ނަޝީދު
11 ގަޑިއިރު ކުރިން

ދުނިޔޭގެ އެންމެ ބޮޑު ގުރުއާން ކިޔެވުމުގެ މުބާރާތުން 4 ވަނަ ދިވެހި އަންހެން ދަރިވަރަކަށް!
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
މާލޭ މާުރުކޭޓް ސަރަހައްދުގައި މާރާމާރީއެއް ހިނގައިފި!
ދުވަހެއް ކުރިން


