
ދުނިޔޭގެ އެންމެ ބޮޑު ގުރުއާން ކިޔެވުމުގެ މުބާރާތުން 4 ވަނަ ދިވެހި އަންހެން ދަރިވަރަކަށް!

ރިޟްވާން މޫސާ - 20 އޯގަސްޓު 2026 - 10:26
ދުނިޔޭގެ އެންމެ ބޮޑު ގުރުއާން ކިޔެވުމުގެ މުބާރާތުން 4 ވަނަ ދިވެހި އަންހެން ދަރިވަރަކު ހޯދައިފި އެވެ.
މައްކާގައި ބޭއްވި މި މުބާރާތުން 4 ވަނަ ހާސިލުކުރި ދިވެހި ދަރިވަރަކީ އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު، މއ. އަސާސް އެވެ. މި ވަނައިގެ އިނާމަކަށް 170000 ރިޔާލް ( 45690 ޑޮލަރު) އިނާމެްްގެ ގޮތުގައި ވަނީ ކަނޑައެޅިފައި ވެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 7 ލައްކަ ރުފިޔާ އެވެ.
މިއީ މި މުބާރާތް ބޭއްވި 46 ވަނަ ފަހަރު އެވެ. 133 ޤައުމުން މި ފަހަރު ބައިވެރިވި އިރު މިއީ މި މުބާރާތުގެ ތާރީހުގައި އަންހެން ކުދިން މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މީގެ ކުރީން އަންހެން ކުދިންގެ ގޮތްޕެއް މި މުބާރާތުގައި ނޯވެއެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރީ ރޭ ހަރަމްފުޅުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. އެ ޖަލްސާ ޝަރަފްވެރިކޮށްދެެއްވީ މައްކާގެ އަމީރުގެ ނައިބު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒެވެ. މީގެ އިތުރުން އެޖަލްސާގައި ސައުދީ އިސްލާމިކް މިނިސްޓަރާއި ހަރަމްފުޅުގެ އިމާމު ޝައިހު ޑރ އަބްދުއްރަޙްމާނުއް ސުދައިސް ބައިވެރިލެއްވިއެވެ.
މުބާރާތުގައި ރާއްޖެއަށް ރީތިނަން ހޯދައިދިން ޝާޔާ ވަނީ ބައިނަލްއަގްވާމީ އެހެން ގުރުއާން މުބާރާތްތަކުގައި ވެސް ރާއްޖެއަށް ވަނަ ހޯދައިދީފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

މުވައްޒަފުންނަށް ބިރުދައްކައިގެން ސޮއިކުރުވުމަކީ ސަރުކާރުން އަމިއްލަ ނަފްސަށް އޮޅުވާލުން: ރައީސް ނަޝީދު
ގަޑިއިރެއް ކުރިން
.webp&w=3840&q=75)
މާލޭ މާުރުކޭޓް ސަރަހައްދުގައި މާރާމާރީއެއް ހިނގައިފި!
18 ގަޑިއިރު ކުރިން

އަބަދުވެސް ސަރުކާރުން އުޅެނީ ރައްޔިތުންގެ އަނގަ ބަންދުކުރަން: ފައްޔާޒް
18 ގަޑިއިރު ކުރިން

ޑޮލަރުގެ އަގު ގެ ވާހަކަ މީޑިޔާ ތަކުގައި ނުދެއްކުމަކީ ނޫސްވެރިކަމަށް ހުރަސް އެޅުން: ރައީސް ސޯލިޙް
20 ގަޑިއިރު ކުރިން


