
ޑޮލަރުގެ އަގު ގެ ވާހަކަ މީޑިޔާ ތަކުގައި ނުދެއްކުމަކީ ނޫސްވެރިކަމަށް ހުރަސް އެޅުން: ރައީސް ސޯލިޙް

ރިޟްވާން މޫސާ - 19 އޯގަސްޓު 2026 - 16:11
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ޑޮލަރުގެ އަގުގެ ވާހަކަ މީޑިޔާ ތަކުގައި އެމްއެމްއޭގެ އަގަށްވުރެ ބޮޑުކޮށް ހުރެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނާ މައްސަލަ އަކީ ނޫސްވެރިކަމަށް ހުރަސް އެޅުން ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެ އެވެ.
ޑޮލަރު ގަނެވިއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަަރު ނޫސްތަކުގައި ޖަހާފިނަމަ ޖޫރިމަނާކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުރުން ޑޮލަރު ގަނެވިއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާނަމަ 1 މިލިއަނުން ޖޫރިމަނާކުރަން ގާނޫނުގައި ހިމަނަން ވަނީ ނިންމާފަ އެވެ.
ރައީސް ސޯލިހު ކަންބޮޑުވުން ފާޅު ކުރައްވައި އެކްސްގައި ވިދާޅުވެފައި ވަނީ ޢާންމު މަޞްލަޙަތާ ގުޅުންހުރި ކޮންމެ ކަމަކަށް ވެސް ނޫސްވެރިން ފާރަވެރިވާން ޖެހޭނެ ކަމަށެވެ. ތެދު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ނޫސްވެރިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ރައީސް ސޯލިހްގެ މެސެޖުގައި ބުނެފަިއވަނީ ރައްޔިތުންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ވަގުތުން ގެނެސްދިނުމަކީ ވެސް ނޫސްވެރިންގެ ޒިންމާއެއް ކަމަށާއި، އެއީ ޤާނޫނުއަސާސީން ނޫސްވެރިންނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.
އެހެން ކަމުން ޑޮލަރުގެ އަގު ބޮޑުވާނަމަ އެކަން ހާމަކުރަން ޖެހޭ ކަމަށާއި، ޑޮލަރުގެ އަގު ދަށްވާނަމަ އެކަން ވެސް ހާމަކުރަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ނޫސްވެރިކަމަށް ހުރަސްއެޅޭނެ ޤާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މުވައްޒަފުންނަށް ބިރުދައްކައިގެން ސޮއިކުރުވުމަކީ ސަރުކާރުން އަމިއްލަ ނަފްސަށް އޮޅުވާލުން: ރައީސް ނަޝީދު
ގަޑިއިރެއް ކުރިން

ދުނިޔޭގެ އެންމެ ބޮޑު ގުރުއާން ކިޔެވުމުގެ މުބާރާތުން 4 ވަނަ ދިވެހި އަންހެން ދަރިވަރަކަށް!
ގަޑިއިރެއް ކުރިން
.webp&w=3840&q=75)
މާލޭ މާުރުކޭޓް ސަރަހައްދުގައި މާރާމާރީއެއް ހިނގައިފި!
18 ގަޑިއިރު ކުރިން

އަބަދުވެސް ސަރުކާރުން އުޅެނީ ރައްޔިތުންގެ އަނގަ ބަންދުކުރަން: ފައްޔާޒް
18 ގަޑިއިރު ކުރިން


