logo

މުވައްޒަފުންނަށް ބިރުދައްކައިގެން ސޮއިކުރުވުމަކީ ސަރުކާރުން އަމިއްލަ ނަފްސަށް އޮޅުވާލުން: ރައީސް ނަޝީދު

profile

އާމިނަތު ޝަޒްލާ - 20 އޯގަސްޓު 2026 - 10:31

ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ އިސްލާހަށް ތާއީދު ހޯދުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައިގެން ޕެޓިޝަންތަކުގައި ސޮއިކުރުވުމަކީ ސަރުކާރުން އަމިއްލަ ނަފްސަށް އޮޅުވާލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް ނަޝީދު މިހެން ވިދާޅުވީ، ކައުންސިލްތަކުގެ ބިންތަކާ މެދު ކެބިނެޓުގެ ނިންމުމަކާ ނުލައި ވަކި ގޮތެއް ނިންމޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން، އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ. މި ބިލާ ދެކޮޅަށް، އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އާންމު ރައްޔިތުންގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.

View post on Twitter

އާންމުންގެ މި ޕެޓިޝަނާ ގުޅިގެން، ސަރުކާރުން ހުށަހެޅި ބިލަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ވަކި ޕެޓިޝަނެއް ތައްޔާރުކުރަމުންނެވެ. ނަމަވެސް، މި ޕެޓިޝަނުގައި ސޮއިކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާ ކަމުގެ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ. ވަކިން ހާއްސަކޮށް، އަތޮޅުތެރޭގެ ރަށްރަށުގައި ހުރި ސަރުކާރު ކުންފުނިތަކުގެ ބްރާންޗުތަކާއި އޮފީސްތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައިގެން ސޮއި ހޯދަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ކަމަކަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދެއްކުމަށްޓަކައި ބިރުދައްކައިގެން ސޮއި ހޯދުމަކީ ސަރުކާރަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން، ހަގީގަތުގައި ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ސަރުކާރަށް އަމިއްލައަށް އޮޅި، މުޅި ހަގީގަތް އޮޅުންބޮޅުންވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން އުޅޭ މި އިސްލާހަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، މަރުކަޒީ ވެރިކަމަކަށް ރުޖޫއަވުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

https://wamco.com.mv/
tel:+9607331319