logo

އަބަދުވެސް ސަރުކާރުން އުޅެނީ ރައްޔިތުންގެ އަނގަ ބަންދުކުރަން: ފައްޔާޒް

profile

ރިޟްވާން މޫސާ - 19 އޯގަސްޓު 2026 - 18:00

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އަނގަ ބަންދު ކުރަން ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިސްލާހު ގެނައުމާ ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ފައްޔާޒް އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ވިދާޅުވީ އަބަދުވެސް ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަނގަ ބަންދުކުރަން ކަމަށެވެ.

ފައްޔާޒް ވިދާޅުވެފައިވަނީ "އެލް ސޯފާ މަނާކުރަން ގެގް އޯޑަރ އެއް ނެރުމާއި، ޑޮލަރުގެ ރޭޓު މަތިވާ ވާހަކަ އޮއްބާލަން ގާނޫނެއް ގެނައުމާއި، ޑޮލަރު ތާށިވީ ސަރުކާރުން ތަންދޮރު ނޭގުމާޢި، ކުރަމުންދާ ބޮޑު އިސްރާފްގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ އެފަދަަ ވާހަކަތައް ނޫސްތަކުން ލިޔާނެ ކަމަށާއި، މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި ރައްޔިތުންގެ އަނގަ ބަންދުކުރަނީ ކަމަށެވެ.

ފައްޔާޒް ވަނީ މި ސަރުކާރު ނޯތް ކޮރެއާގެ ހާލަތަށް ވައްޓާލައިފިކަމަށް ވިދާޅުވެފަ އެވެ. ފައްޔާޒް ވަނީ ގާނޫނު އަސާސީ އާއި ޙިލާފު އެއްވެސް ގާނޫނަކަށް ތަބާނުވުމަށް ރައްޔިތުންނަށް ގޮވާލާފަ އެވެ.

https://wamco.com.mv/
tel:+9607331319