
ގަތަރުގެ ބޮޑުވަޒީރުގެ މުޝީރު އަދި ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޑރ. މާޖިދު ބިން މުޙައްމަދު އަލްއަންސާރީ
ނަތަންޔާހޫ ކުރެއްވި ތުހުމަތުތައް ޤަޠަރުން ދޮގުކޮށްފި

އާމިނަތު ޝަޒްލާ - 26 ސެޕްޓެމްބަރު 2026 - 12:26
އިސްރާއީލާ ދެކޮޅަށް އާންމުންގެ ވިސްނުން ބަދަލުކުރުމަށް ގަތަރުން ކެމްޕޭނެއް ހިންގަމުންދާ ކަމަށް ބުނެ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރެއްވި ތުހުމަތުތައް ގަތަރުން ދޮގުކޮށްފިއެވެ.
ގަތަރުން ބުނީ މިއީ ފަލަސްތީނުގެ އިސްތިއުމާރުކޮށްފައިވާ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އަމަލުތަކުން ދުނިޔޭގެ ސަމާލުކަން އަނބުރާލުމަށް ކުރި މަސައްކަތެއް ކަމަށެވެ.
ގަތަރުގެ ބޮޑުވަޒީރުގެ މުޝީރު އަދި ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޑރ. މާޖިދު ބިން މުޙައްމަދު އަލްއަންސާރީ، މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން، އިސްރާއީލާ ދެކޮޅަށް އާންމުންގެ ވިސްނުން އަނބުރާލުމަށް ގަތަރުން ކެމްޕޭނެއް ހިންގާ ކަމަށް ބުނެ ނަތަންޔާހޫ ކުރެއްވި ތުހުމަތުތައް އެ ގައުމުން އެންމެ ހަރުކަށި އިބާރާތުން ދޮގުކުރާ ކަމަށެވެ.
ގަތަރާ ދެކޮޅަށް މިހާރު ބޭނުންކުރަމުންދާ ހަރުކަށި ބަސްމަގަކީ، އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި އެ ގައުމުގެ ސަރުކާރުން ހިންގަމުންދާ އުދުވާންތަކާއި، އޭގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ ނޭދެވޭ އަސަރުތަކުން ދުނިޔޭގެ ސަމާލުކަން އަނބުރާލުމަށް ކުރާ މަސައްކަތެއް ފިޔަވައި އެހެން ކަމެއް ނޫން ކަމަށް އަލްއަންސާރީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ނަތަންޔާހޫ އާއި އިސްރާއީލުގެ ހަރުކަށި ސިޔާސީ ވެރިން، ދުނިޔޭގެ ކުރިމަތީގައި އިސްރާއީލާ މެދު އޮތް ތަސައްވުރު ބަދަލުކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމީހުންގެ ސިޔާސަތުތައް ބަދަލުކޮށް، ހިންގަމުންދާ އުދުވާންތައް ހުއްޓާލައި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް، އެ މީހުން އިންތިޚާބުކުރި ރައްޔިތުންގެ ކުރިމަތީގައި ޒިންމާދާރުވުން ކަމަށެވެ. އަދި އިސްރާއީލުގެ ބައިނަލްއަގުވާމީ އަގު ވެއްޓެމުންދާ ދިއުމުގެ ޒިންމާ، އެހެން ބައެއްގެ ބޮލުގައި އަޅުވައި ބަހަނާ ދެއްކުން ހުއްޓާލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލްއަންސާރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލޯކުރިމަތިން ފެންނަމުންދާ ހަޤީޤަތްތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވިސްނުމަށް އައިސްފައިވާ ބަދަލުތަކުގެ ޒިންމާ، ޤަޠަރު ނުވަތަ އެހެން ފަރާތެއްގެ ބޮލުގައި އެޅުވުމަށް ކުރާ މަސައްކަތްތައް މިހާރު އެއްވެސް ބަޔަކު ޤަބޫލެއް ނުކުރާނެއެވެ. އަދި ޤަޠަރަށް އަމާޒުކޮށް ތަކުރާރުކޮށް ކުރިމަތިކުރަމުންދާ މިފަދަ ފާޑުކިޔުންތަކަކީ، ޢަމަލީ މައިދާނުގައި ގެންގުޅޭ ސިޔާސަތުތަކުގެ ސިޔާސީ ޒިންމާއިން ރެކުމަށާއި، މީހުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލައި އެތެރޭގެ ސިޔާސީ ފައިދާ ހޯދުމަށް ހިންގާ ޙަރަކާތްތަކެއް ކަމުގައި މެނުވީ ނުބެލެވޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ރާއްޖެޓީވީގެ ނޫސްވެރިންނަށް ދިން ހަމަލާ އަބްދުﷲ ޝާހިދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި
3 ގަޑިއިރު ކުރިން

ވަގުތުގެ ބޭނުން ހިފައި ރަގަޅު ނަތީޖާއެއް ހޯދުމަށް ދަރިވަރުންނާއި، ބެލެނިވެރިން މަސައްކަތް ކުރަން ޖެހޭ: ރައީސް
7 ގަޑިއިރު ކުރިން

ވިލުންތެރި ކުރިމަގެއް ކަށަވަރުކުރުމުގެ ގޮތުން ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައްވައިފި
7 ގަޑިއިރު ކުރިން

"ތިލަމާލެ ބުރިޖް" މިވަގުތު ކުރިއަށްދަނީ ފިނިޝިންގ ގެ މަސައްކަތް
8 ގަޑިއިރު ކުރިން


