
ވަގުތުގެ ބޭނުން ހިފައި ރަގަޅު ނަތީޖާއެއް ހޯދުމަށް ދަރިވަރުންނާއި، ބެލެނިވެރިން މަސައްކަތް ކުރަން ޖެހޭ: ރައީސް

ރިޟްވާން މޫސާ - 26 ސެޕްޓެމްބަރު 2026 - 07:43
ވަގުތުގެ ބޭނުން ހިފައި ތައުލީމީ ދާއިރާގައި ހުރިހައި ދަރިވަރުންނާއި، އެ ދަރިވަރުންގެ ބެލެނިވެރިންގެ މަސައްކަތުން ރަގަޅު ނަތީޖާއެެއް ހާސިލް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދަރިވަރުންނާއި، ބެލެނިވެރިންނަށް އިލްތިމާސް ކުރައްވަިއފި އެވެ.
ރައީސުލް ޖުމްހޫރިއްޔާ މިފަދައިން އިލްތިމާސް ކުރެއްވި އިރު އޯލަލެވެލް އިމްތިހާން ވަނީ މި މަހުގެ 20 ވަނަ ދުވަހު ފަށާފަ އެވެ.
ނޭޝަން ޗެޓްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޯލެވެލް އިމްތިޙާނު ހަދަމުންދާ ދަރިވަރުންނާއި އޭލެވެލް އިމްތިޙާން ހެދުމަށް ތައްޔާރުވާ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތްވަރުދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުން ވަގުތަށް ކަމޭހިތާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ކުޅިވަރާއި ސަކަރާތުގެ ތެރޭގައިވެސް ކިޔެވުން އިސްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މިއަހަރުގެ އޯލެވެލް އިމްތިޙާނު މިހާރު ފެށިގެން ކުރިއަށްދާއިރު މި އިމްތިޙާން ނޮވެމްބަރު 12ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި 8111 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވެއެވެ.
މިއަހަރުގެ އިމްތިޙާނު މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3222 ދަރިވަރުން އަދި އަތޮޅުތަކުގެ 242 ސެންޓަރުގައި 2869 ހެދުމަށް ހަމަޖެހިފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ނަތަންޔާހޫ ކުރެއްވި ތުހުމަތުތައް ޤަޠަރުން ދޮގުކޮށްފި
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ރާއްޖެޓީވީގެ ނޫސްވެރިންނަށް ދިން ހަމަލާ އަބްދުﷲ ޝާހިދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި
3 ގަޑިއިރު ކުރިން

ވިލުންތެރި ކުރިމަގެއް ކަށަވަރުކުރުމުގެ ގޮތުން ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައްވައިފި
7 ގަޑިއިރު ކުރިން

"ތިލަމާލެ ބުރިޖް" މިވަގުތު ކުރިއަށްދަނީ ފިނިޝިންގ ގެ މަސައްކަތް
8 ގަޑިއިރު ކުރިން


