ހުޅުމާލޭ ގްރޭންޑް މިސްކިތްއުރީދޫ އިން އޭސީކޮށްދެނީ

މުހައްމަދު ހަފީޒް - 08 ޖެނުއަރީ 2025 - 16:56
ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭ ގްރޭންޑް މިސްކިތުގެ ނަމުން މަޝްހޫރުވެފައިވާ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް އުރީދޫ މޯލްޑިވްސްއިން ޤަތަރު ޗެރިޓީއާ ގުޅިގެން މަސައްކަތްކުރަން ނިންމައިފިއެވެ.
އުރީދޫ އިން ބުނީ މި އެއްބަސްވުމުގެ ދަށުން ނަމާދުކުރާ މީހުންނަށް ފަސޭހަ މާހައުލެއް ހޯދައިދިނުމުގެ ގޮތުން އެންމެ ޒަމާނީ އެއާކޮންޑިޝަން ސިސްޓަމެއް ގާއިމުކުރުން ހިމެނޭކަމަށެވެ.
ގަތަރުގެ ދޯހާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުން ރަސްމީކޮށް ފައްޓަވައިދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ އާއި ގަތަރު ޗެރިޓީގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު ފަޚްރޫ އެވެ.
ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1800 އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ. މިސްކިތުގެ ގޯތިތެރެއަކީ ގަސްތަކުން ރީތިކޮށްފައިވާ، މިސްކިތުގެ އެތެރޭގައި ސީލިންގގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެއެވެ. މިއީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ.
މިއެއްބަސްވުމުގެ ދަށުން މަރާމާތުތައް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. އަދި ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށާއި، މި މާތް ދަނޑިވަޅުގައި ނަމާދުކުރާ މީހުންނަށް ހިތްހަމަޖެހިގެން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ރަމަޟާން މަހަކީ ގިނަބަޔަކު އަޅުކަންކުރުމުގައި މިސްކިތުގައި ގިނަވަގުތު ތަކެއް ހޭދަކުރެވޭ މަހެއް ކަމަށެވެ. އަދި މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް ގަތަރު ޗެރިޓީއާ ގުޅިގެން ކުރުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ ޝަރަފެއް ކަމަށެވެ.
މީގެއިތުރުން އުއްމީދަކީ މި މަސައްކަތުގެ ސަބަބުން މި ބަރަކާތްތެރި މައްސަރުގައި ވެސް އަދި އޭގެ ފަހުންވެސް މުޖުތަމައަށް ފަސޭހަތަކެއް ލިބިގެންދިއުން ކަމަށް އުރީދޫ އިން ބުނެއެވެ.
ދިވެހި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް
ނ. މިލަދޫ ފިރިހެނަކު އޭނާގެ ކޮއްކޮއަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަނީ!
2 ގަޑިއިރު ކުރިން

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރެވިއްޖެ: ޑރ އިސްމާއިލް ޝަފީއު
5 ގަޑިއިރު ކުރިން

އައްޑޫ ސިޓީ ކައުންސިލާއެކު ރައީސް ޔާމީން މުހިންމު މަޝްވަރާތަކެއް ކުރައްވައިފި
6 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިންޑޮނޭޝިއާގެ ލުމަޖަންގަށް 4.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
6 ގަޑިއިރު ކުރިން


