logo
ހާލަންޑް އިޒްރޭލް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ހާލަންޑް އިޒްރޭލް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ހާލަންޑްގެ މޮޅު ކުޅުމާއެކު ނޯވޭ އިން އިޒްރޭލް ލަދުގަންނަވާލައިފި

profile

ހަސަން ޝަމްއޫން - 11 އޮކްޓޯބަރު 2025 - 22:58

ވޯލްޑްކަޕް ކޮލިފައިންގ ޔޫރަޕްގެ ގުރޫޕް އައިގައި މިރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އިޒްރޭލް ބަލިކޮށް ނޯވޭ އިން އިޒްރޭލް ލަދުގަންނަވާލައިފިއެވެ.

https://wamco.com.mv/

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ނޯވޭ އޮތްއިރު، މިމެޗުން ބަލިވި އިޒްރޭލް އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. މިއާއެކު 1970 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގައި ކުޅުމަށް އިޒުރޭލުން ދެކެމުންއައި ހުވަފެންތަކަށް ވަނީ ހުރަސް އެޅިފައެވެ.

ކޮލިފައިންގައި ނޯވޭ އެންމެ ފަހުން ކުޅުނު މެޗުގައި 11-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޯލްޑޯވާ އަތުން މޮޅުވެފައިވާއިރު، އިޒުރޭލް އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީ އަތުން އަމިއްލަ ދަނޑުގައި އެޓީމު ބަލިވީ 5-4 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނޯވޭ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ނޯވޭ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ހަވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އަދި ހާލަންޑް ކުރިއަށް ފޮނުވާލި ޕެނަލްޓީ އިޒުރޭލްގެ ކީޕަރު ދިފާއު ކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ނޯވޭ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ނޯވޭ އިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ނޯވޭގެ އިތުބާރު ފޯވާޑް އެރްލިންގ ހާލަންޑް ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަނެއް ދެލަނޑަކީ އިޒްރޭލްގެ އަނަން ޚަލައިލީ އަދި އިދާން ނަޗަމިއަސް އަތުން ބައިކޮޅަށް ވަން ދެލަނޑެވެ. މީގެ އިތުރުން މިމެޗުގައި ކާމިޔާބުކުރި ތިން ލަނޑާއެކު ހާލަންޑް ގައުމީ ޓީމަށް ކާމިޔާބުކުރި ލަނޑުގެ އަދަދު 50 އަށް އެރިއިރު، ވޯލްޑްކަޕް ކޮލިފައިންގައި އެންމެ ފަހުން ކުޅުނު ހަ މެޗުގައި ހާލަންޑް ވަނީ 12 ލަނޑު ކާމިޔާބުކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay