logo
ވެލާނާ  ބިލްޑިންގް - ފޮޓޯ

ވެލާނާ ބިލްޑިންގް - ފޮޓޯ

އިޚުތިރާމް މަޝްރޫޢުގެ ޖަލްސާއަށް ދިއުމަށް މުވައްޒަފުންނަށް މަޖުބޫރުކުރަނީ

profile

މުޙައްމަދު އަނާން - 14 ނޮވެމްބަރު 2026 - 06:48

ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "އިޚުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙު ކުރުމަށް މިރޭ ބާއްވާ ޚާއްޞަ ރަސްމިއްޔާތަށް ހާޒިރުވުމަށް، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

https://wamco.com.mv/

މި މަޝްރޫޢު އިފްތިތާޙު ކުރުމުގެ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުގެ ވުޒާރާތަކާއި، އެކި އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން އެ ޖަލްސާއަށް ހާޒިރުވުމަށް ދަނީ އަންގަމުންނެވެ. މިގޮތުން، އެ އިދާރާތަކުގެ މުވައްޒަފުން ހިމެނޭ ވަޓްސްއެޕް އަދި ވައިބަރ ގްރޫޕްތައް މެދުވެރިކޮށް، ކޮންމެހެން ހާޒިރުވާންޖެހޭނެ ކަމަށް ބުނެ މެސެޖުތައް ދަނީ ފޮނުވަމުންނެވެ.

މިކަމާ ގުޅިގެން ބައެއް އޮފީސްތަކާއި ކުންފުނިތަކުގެ މެނޭޖްމަންޓުން މުވައްޒަފުންނަށް ފޮނުވާފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓްތައް މިހާރު ވަނީ 'އަސްލު ޓީވީ' އަށް ލިބިފައެވެ. އެ މެސެޖުތަކުގައި، ޖަލްސާއަށް ހާޒިރުނުވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތްތަކެއް ކޮށްފައިވާ ކަމަށްވެސް އެނގިފައިވެއެވެ.

މިކަމާ ގުޅިގެން ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން ބުނެފައިވަނީ، އިޚުތިރާމް ކުރުމުގެ ސަގާފަތެއް އަށަގަންނުވަން ފަށާ ޤައުމީ މަޝްރޫޢެއް އިފްތިތާޙު ކުރުމުގައި މުވައްޒަފުންނަށް މަޖުބޫރުކޮށް، ބިރުދެއްކުމުގެ ސަގާފަތެއް ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރަސްމީ ގަޑިން ބޭރުން ބާއްވާ މިފަދަ ހަރަކާތްތަކަށް ހާޒިރުވުމަކީ މުވައްޒަފުންގެ އަމިއްލަ އިޚުތިޔާރުގައި އޮންނަންޖެހޭނެ ކަމެއް ކަމަށްވެސް އެފަރާތްތަކުން ފާހަގަކުރެއެވެ.

https://wamco.com.mv/
tel:+9607331319