logo

އިލެކްޓްރޯނިކް ކުނި ހިލޭ އުކާލަދިނުމުގެ ފުރުސަތު ވެމްކޯއިން ހުޅުވާލައިފި

profile

ޝުރުފާ މުހައްމަދު - 14 އޮކްޓޯބަރު 2024 - 13:45

ވެމްކޯގެ މުވައްޒަފަކު ކުނި ކޮތަޅެއް ގެންދަނީ

ވެމްކޯގެ މުވައްޒަފަކު ކުނި ކޮތަޅެއް ގެންދަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އިލެކްޓްރޯނިކް ކުނި ހިލޭ އުކާލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން މިފުރުސަތު ހުޅުވާލާފައި މިވަނީ ދުނިޔޭގެ އީ-ވޭސްޓް ނުވަތަ އިލެކްޓްރޯނިކް ކުނީގެ ދުވަހާ ގުޅިގެންނެވެ.

ވެމްކޯއިން ބުނީ މިއަދު ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންތަކުން ހިލޭ އީ-ވޭސްޓް ޑްރޮޕް އޮފް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު އޮންނާނީ މިރޭ 10 ޖަހަންދެން ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.

ވެމްކޯއިން ހިލޭ އީ ވޭސްޓް އުކައިދެނީ، މާލެ ހުޅުމާލެ އަދި ވިލިމާލެއިންނެވެ.

އީ-ވޭސްޓް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު 14 ގައެވެ.


https://int.etukuri.mv/
tel:+9607331319