ރިސޯޓުތަކުން ގެންނަ ކުނި މެނޭޖްކުރުމަށް "ފަތުރުވެށި" ޚިދުމަތް ފޯރުކޮށްދިނުމަށް އާ ރިސޯޓުތަކަކާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފަތުރުވެށި ޚިދުމަތް އަލަށް ފެށީ 1 ޖުލައި 2024 ގައި ނ ރ ބ އަދި ޅ އަތޮޅު ހިމެނޭ ޒޯން 2 ގެ ތިން ރިސޯޓަކާއި އެކުގަ އެވެ. އެއީ ކޮރާކޮރާ މޯލްޑިވްސް އަލިލާކޮޓެއިފަރު އަދި ނޮކު މޯލްޑިވްސް އެވެ.
ފަތުރުވެށި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އއ، އދ ވ އަދި ކ އަތޮޅު ހިމެނޭ ޒޯން 3 ގެ ތިން ރިސޯޓަކާއި އެކުގަ އެވެ. އެއީ މަލަހަނި ކުޑަބަނޑޮސް، ޖުމައިރާ އޮޅަހަލި އަދި މޫވަންޕިކް ކުރެދިވަރެވެ. މީގެ އިތުރުން އިތުރު 2 ރިސޯޓެއްގެ ސޮއިކުރުން ކުރިއަށްގެންދިއުމނަށް ހަމަޖެހިފައި ވަނީ އެ ރިސޯޓުތަކުގަ އެވެ. އެއާއި އެކު ޖުމްލަ 8 ރިސޯޓަކަށް މި ޚިދުމަތް ފެށިގެންދާނެ އެވެ.
ވެމްކޯއިން ބުނިގޮތުގައި އެ ކުންފުނިން މިހާރު އަންނަނީ އިތުރު ރިސޯޓުތަކަށް މި ޚިދުމަތް ފުޅާކުރުމަށް މަޝްވަރާކުރަމުންނެވެ.