logo

ކެމްބްރިޖް އިންގްލިޝް އިމްތިޙާނުގެ މުއްދަތު އަންނަ މަހު 2 އަށް އިތުރުކޮށްފި

profile

އާމިނަތު ޝަފާ - 26 ސެޕްޓެމްބަރު 2024 - 22:20

ދަރިވަރުން އިމްތިހާނެއްގައި

ދަރިވަރުން އިމްތިހާނެއްގައި

އަންނަ ނޮވެމްބަރު/ ޑިސެމްބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް ގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން އަލުން ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ އިންގްލިޝް ގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން އޮކްޓޯބަރު 2 ވާ ބުދަ ދުވަހުގެ 12:00ގެ ނިޔަލަށް އެ ޑިޕާޓްމަންޓުން ކުރިއަށް ގެންދާނެ ކަމަށެވެ.

އިންގްލިޝް ގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން އަލުން ހުޅުވާލީ ގިނަ ފަރާތްތަކަކުން އިމްތިހާނުގައި ބައިވެރިވުމަށް އެދެމުންދާތީ ކަމަށް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެއެވެ.

އެ ޑިޕާޓްމަންޓުން ބުނީ، އެޕްލިކޭޝަން ފޯމް ޑިޕާޓްމަންޓް ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅުއްވާނަމަ މެއިލް ކުރާނީ [email protected] އަށެވެ. އަދި ފައިސާެ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީއެއް ގެންނަން ޖެހޭނެއެވެ.

https://wamco.com.mv/
tel:+9607331319