logo

300 އެއްހާ މުވައްޒަފުންނަށް ހެކި ނެތި އަދަބު ދިން: އެޑިއުކޭޝަން މިނިސްޓަރު

profile

އައިމިނަތު ރޫޔާ - 06 ނޮވެމްބަރު 2024 - 14:00

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު-- ފޮޓޯ: މަޖިލިސް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު-- ފޮޓޯ: މަޖިލިސް

ނިމިދިޔަ ސަރުކާރުން 300 އެއްހާ މުވައްޒަފުންނަށް ހެކި ނެތި އަދަބު ދިން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެމްބްރު ވަނީ ބައެއް ޕްރިންސިޕަލް އިން ދަރިވަރުން ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވޭ، އެފަދަ މައްސަލަތަކުގައި މިނިސްޓްރީން އަމަލުކުރާ ގޮތާއި، އެފަދަ މައްސަލަތަކުގައި އަޅަނީ ކޮން ފިޔަވަޅެއްތޯ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަގާމާއި ހަވާލުވިއިރު ރާއްޖޭގައި 40 އަކަށް ސޫކޫލުގެ ޕްރިންސިޕަލުން، ތިބެންޖެހޭ ތަނުގައި ނޫން އެހެން ރަށެއްގައި ތިބި ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ބައެއް މުވައްޒަފުންނާއި ދޭތެރޭ އަނިޔާވެރިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ ކޮންމެ ޝަކުވާ އަކަށް ފިޔަވަޅު އަޅަން ފަށްޓައިފި ކަމުގައި ވަނީ ނަމަ، ގާނޫނު އަސާސީން މުވައްޒަފުންނަށް ދީފައިވާ ހައްގުތަކާ ޚިލާފް ވަމުންދާތަން ފެންނާނެ ކަމަށެވެ.

"ފިޔަވަޅު އެޅުމުގައި އަޅުގަނޑުމެން ގެންގުޅޭނީ އަދުލުވެރިކަން، އަދި ކްރެޑިބަލް އިންފޮމޭޝަން ބަލައި، އަޅުގަނޑުމެންގެ ޓީމްތައް އެރަށް ރަށަށް ދަތުރުކޮށް، އަޅުގަނޑުމެން އަމިއްލައަށް ކަންކަން ބެލުމަށްފަހު ނޫނީ އަންނަ ބައެއް ޝަކުވާތަކަށް ފިޔަވަޅު އެޅުމަށް ގަސްތު ނުކުރާ ވާހަކަ ދަންނަވަން." މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާފައި ރައީސް އެންމެ ފުރަތަމަ ވެސް އިރުޝާދު ދެއްވީ އަދުލުވެރިކަމާއެކު މުވައްޒަފުންނާއި ދޭތެރޭ އަމަލުކުރެއްވުމަށް ކަމަށެވެ.

https://int.etukuri.mv/
tel:+9607331319