
ފުވައްމުލަކު ސިޓީގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހުޅުވައިފި

އާމިނަތު ޝަޒްލާ - 26 ޖޫން 2026 - 16:38
ފުވައްމުލައް ސިޓީގައި ސަރުކާރުން ބިނާކުރި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފިއެވެ.
ފުވައްމުލަކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސެންޓަރު އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ އިސްވެރިންނާއި، ރަށުގެ އެކި މުއައްސަސާތަކުގެ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ބިނާކޮށްފައިވާ މި އައުޓްރީޗް ސެންޓަރުގައި 5 ކުލާސްރޫމާއި، ނަމާދުކުރާނެ ޚާއްޞަ ސަރަޙައްދަކާއި، ޙިފްޒު ޓެސްޓު ކުރާނެ ކޮޓަރިއެއްގެ އިތުރުން އޮޑިޓޯރިއަމެއް، ލައިބްރަރީއެއް، އޮފީސް ބައެއް އަދި މީޓީންގ ރޫމެއް ހިމެނެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ސެންޓަރުގެ ސަބަބުން ފުވައްމުލައް ސިޓީގައި ޤުރްއާން ހިފްޒުކުރުމުގެ ކްލާސްތައް އިތުރުވެ، އެކަމަށް ބޭނުންވާ މުދައްރިސުންގެ ޚިދުމަތްވެސް ފުޅާވެގެންދާނެ ކަމަށެވެ.
ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ފުވައްމުލައް ސިޓީގައި ބިނާކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރުގެ ޑިޒައިން ކޮންސެޕްޓް ނިމި، މިހާރު ވަނީ ކައުންސިލުގެ އިސްލާޙުތަކަށް ފޮނުވާފައެވެ. އެ އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމުމުން، ޤުރްއާނާ ބެހޭ މަރުކަޒުގެ ޚިދުމަތްތައް އެތަނަށް ބަދަލުކުރެވޭނެއެވެ. އަދި މިހާރު ހުޅުވުނު އިމާރާތް ވަޤުފު ބިނާއަކަށް ބަދަލުކޮށް، އެތަނުން ލިބޭ އާމްދަނީ ސިޓީގެ ދީނީ ކަންކަން ތަރައްޤީކުރުމަށް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.
ދައުލަތުގެ ބަޖެޓުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރި މި މަރުކަޒުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިއަމާއި، ލައިބްރަރީ އަދި މީޓިންގ ރޫމް ހިމެނެއެވެ. ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސްރޫމްގެ އިތުރުން، އެއްފަހަރާ 30 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ތަނަވަސްކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

"ދިނަފް-48" އަށް އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލައިފި
4 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މާލެއިން ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން

މާލޭގެ މަގުތައް ހަލާކުވެފަ ހުރުމުން ރައްޔިތުންނަށް ގިނަ ތަކްލީފްތަކެއް!
6 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
އައު ޓާމިނަލް އަކީ ޖާގަތަނަވަސް ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާ ތަނެއް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)