logo

"ދިނަފް-48" އަށް އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލައިފި

profile

އާމިނަތު ޝަޒްލާ - 26 ޖޫން 2026 - 13:56

ކުރު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފުކުރި "ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" (ދިނަފް) ގެ ފުރަތަމަ ސީރީޒް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، ދެވަނަ ސީރީޒް "ދިނަފް-48" އަށް އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

https://wamco.com.mv/

ދިނަފް އަކީ އިންވެސްޓްކުރުމުގެ ތަފާތު މާލީ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤުޞަދުގައި "ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް" (ޑީއައިޕީ) އިން ބަލަހައްޓަމުންދާ ފަންޑެކެވެ. މި ފަންޑުގެ ފުރަތަމަ ސީރީޒް ކަމަށްވާ "ދިނަފް-36" އަކީ 6 މަހާއި 3 އަހަރާ ދެމެދުގެ ކުރު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް އަމާޒުކޮށް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށި މަޝްރޫޢެކެވެ.

މި ފަންޑުގެ މައިގަނޑު މަޤުޞަދަކީ އިންސްޓިޓިއުޝަނަލް އަދި ކޮލިފައިޑް އިންވެސްޓަރުންނަށް އެކަށީގެންވާ ރަނގަޅު މަންފާއެއް ހޯދައިދިނުމާއެކު، ރާއްޖޭގެ އަމިއްލަ ކެޕިޓަލް މާކެޓް ކުރިއެރުވުމެވެ. މި ފަންޑުން އިންވެސްޓްކުރަނީ ފަސް އަހަރަށްވުރެ ކުރު މުއްދަތުގެ ފަތުރުވެރިކަން، ރިއަލް އެސްޓޭޓް، އިންފްރާސްޓްރަކްޗާ އަދި ޓްރޭޑް ފައިނޭންސް ދާއިރާގެ މަޝްރޫޢުތަކަށެވެ.

ކާމިޔާބުކަމާއެކު ނިންމާލި "ދިނަފް-36" އިންވެސްޓްމަންޓުގައި އެއްވެސް ޑިފޯލްޓަކާ ނުލައި، ކަނޑައެޅިފައިވާ މުއްދަތުތަކުގައި އިންވެސްޓަރުންނަށް ވަނީ ފައިދާ ބަހާފައެވެ. އަދި މި ޓްރާންޗަށް އަމާޒުކުރި 20 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް އެންމެ 8 މަސްދުވަހުގެ ތެރޭގައި ވަނީ ހަމަކޮށްފައެވެ.

އަލަށް އިފްތިތާޙުކުރި "ދިނަފް-48" ސީރީޒް މެދުވެރިކޮށް 40 މިލިއަން ރުފިޔާ ހޯދުމަށް ވަނީ އަމާޒު ހިފާފައެވެ. އިންސްޓިޓިއުޝަނަލް އަދި ކޮލިފައިޑް އިންވެސްޓަރުންނަށް މި ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މި ފަންޑުގައި ބައިވެރިވެވޭނެ އެންމެ ދަށް އަދަދަކީ 50,000 ރުފިޔާއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk