
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މާލެއިން ހައްޔަރުކޮށްފި

އާމިނަތު ޝަޒްލާ - 26 ޖޫން 2026 - 12:30
މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ފުލުހުންގެ ބަންދަށް ގެނެސްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވ. ފެލިދޫ، އަބުގަސްދޮށުގެ، އުމުރުން 27 އަހަރުގެ ސާޖިދު ޢަބްދުލްމުހައިމިން އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މަހުގެ 24 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި މާލޭގެ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓުތަކެއް ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 51.30 ގުރާމް ހުރިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުވައްމުލަކު ސިޓީގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހުޅުވައިފި
2 ގަޑިއިރު ކުރިން

"ދިނަފް-48" އަށް އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލައިފި
4 ގަޑިއިރު ކުރިން

މާލޭގެ މަގުތައް ހަލާކުވެފަ ހުރުމުން ރައްޔިތުންނަށް ގިނަ ތަކްލީފްތަކެއް!
6 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
އައު ޓާމިނަލް އަކީ ޖާގަތަނަވަސް ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާ ތަނެއް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)