.jpeg&w=3840&q=75)
އައު ޓާމިނަލް އަކީ ޖާގަތަނަވަސް ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާ ތަނެއް

މުޙައްމަދު ފަޟްލޫން - 26 ޖޫން 2026 - 11:53
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް އަކީ ޖާގަތަނަވަސް ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާ ތަނެކެވެ.
އައު ޓާމިނަލް ހުޅުވީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
އައު ޓާމިނަލް ހުޅުއްވައިދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ ޝުބްރުމާނިއަލް ޖައި ޝަންކަރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް އަކީ ޖާގަ ތަނަވަސް ހިތްގައިމު ތަނެކެވެ.
މިތަނުގެ ބޮޑުމިނުގައި 78،000 އަކަމީޓަރު ހުރެއެވެ.
އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހަމަޖައްސައި ދީފަ އެވެ.
އެއާއެކު އެ ޕްރޮޖެކްޓަށް ޖުމްލަ، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަވިއެވެ.
ވެލާނާ އިންޓަރނޭޝަނަލްގެ އައު ޓާމިނަލްގައި އިންޓަރނޭޝަނަލް އެއަރލައިން ކައުންޓަރު ތަކާއި އާއި ޑޮމެސްޓިކް ހިދުމަތްތައް ފޯރުކޮށްދޭ ކައުންޓަރުތަކުގެ އިތުރުން ސީޕްލޭންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސީޕްލޭން ކައުންޓަރުތައް ވަނީ ހިމަނާފައެވެ.
އައު ޓާމިނަލް އައު އެކު އެއަރޕޯޓަށް ޖައްސާ މަތިންދާ ބޯޓްތަކުގެ އަދަދު އިތުރުވެ އެއަރލައިންތައް ވަނީ އިތުރުވެގެން ގޮސްފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރަކަށްވުރެ އަހަރަކަށް އިތުރުވަމުންދާއިރު، މިހާރު ބޭނުންކުރަމުންދާ ޓާމިނަލަކީ އެކަށީގެންވާ ވަރަށްވުރެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ ތަނެކެވެ.
އައު ޓާމިނަލް ފަރުމާކުރެވިފައިވަނީ އަހަރަކު ގާތްގަނޑަކަށް 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާ އެކުގައެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކޮންމެހެން ބޭނުންތެރި އިންފްރާސްޓްރަކްޗަރ އެކެވެ.
އައު ޓާރމިނަލް ތަރައްގީ ކޮށްފައިވަނީ އެންމެ މިޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން މީގެ ކުރިން ކިޔޫގައި ޖެހިގެން ބޭނުން ކުރަމުންދިޔަ އެތައް ހިދުމަތެއް ލުއި ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ ފަދަ ގޮތަކަށެވެ.
އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމް ތަކާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އައު ޓާމިނަލްގައި ހިމެނެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގެ ޑިއުޓީ ފްރީ ފިހާރަތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ މަޝްހޫރު ބްރޭންޑްތަކާއި، އަދި ފަސިންޖަރުން މަޑުކޮށްލައިގެން ތިބޭނެ ހިތްގައިމު ލޯންޖްތައް މި ޓާމިނަލްގައި ހިމެނެއެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ލިބޭ ހިދުމަތުގެ ފެންވަރު މަތިވެ، ދަތުރުވެރިންގެ ހިތްހަމަޖެހުން އިތުރުވެގެންދާނެއެވެ.
އެއަރޕޯޓްގެ ޒަމާނީ ހިދުމަތްތަކަށް ބަލާއިރު ރާއްޖޭގައި މުޅިން އަލަށް އެއަރޕޯޓެއްގައި ބޭނުންކުރާ 7 އެއިރޯ ބްރިޖްތައް އައު ޓާމިނަލްގައި ވަނީ ގާއިމްކޮށްފައެވެ.
މި އެއިރޯ ބްރިޖްތަކުގެ ސަބަބުން ވިއްސާރަ ދުވަސްވަރުގައި ބަހުގައި ނުވަތަ ހިނގާފައި ފްލައިޓަށް އަރަން ޖެހޭ ދަތިކަން ވަނީ ނިމުމަކަށް ގެނެސްފައެވެ.
ކުރިއަށް އޮތް ތަނުގައި 12 އެއިރޯ ބްރިޖް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ސެލްފް ސާވިސް ޗެކިން ހިދުމަތްތަކާއެކު، 38 އިމިގްރޭޝަން ކައުންޓަރު އައު ޓާމިނަލްގައި ވަނީ ގާއިމްކޮށްފައެވެ.
އެއްފަހަރާ ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ސްޕީޑް 20 ޕަސެންޓް އިތުރުވެގެންދާއިރު، އިތުރު 7 ޗެކިން ކައުންޓަރު ހިމެނެއެވެ.
އައު ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ވީއައިއޭގެ އައު ޓާމިނަލް އިން ދުވާލަކު 8000 ފަތުރުވެރިންނަށް ހިދުމަތް ދެމުންދާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުވައްމުލަކު ސިޓީގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހުޅުވައިފި
2 ގަޑިއިރު ކުރިން

"ދިނަފް-48" އަށް އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލައިފި
4 ގަޑިއިރު ކުރިން

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
5 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މާލެއިން ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)