logo

ދައުލަތުގެ އާމްދަނީއަށް މަކަރުހަދަން ފުރުސަތެއް ނުދޭނަން: ރައީސް

profile

އާމިނަތު ޝަޒްލާ - 31 އޯގަސްޓު 2026 - 12:46

ދައުލަތަށް ދައްކަންޖެހޭ އާމްދަނީ ދެއްކުމުގައި އެއްވެސް ފަރާތަކަށް މަކަރު ނުހެދޭނެ ކަމަށާއި، އެފަދަ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން ލާޒިމުވާގޮތަށް އަދި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުންނާއި އެކަން އިސްތިހާރު ކުރާ ފަރާތްތައް ޖޫރިމަނާ ކުރެވޭގޮތަށް ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، އާމްދަނީ ނުލިބޭ ކަމަށް ދައްކަން ހިސާބުކިތާބު ހަދައިގެން މަކަރު ހަދަން ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް، އެކަން ހުއްޓުވޭނެ ހަރުދަނާ ނިޒާމުތައް އަލަށް ތަސްދީޤުކުރެވުނު ބިލްތަކުގެ ތެރެއިން ޤާއިމުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މީގެ ކުރިން މަކަރު ހަދައިގެން ސަލާމަތްވެވޭ ގޮތަށް ކަންކަން ހުރި ނަމަވެސް، ދެން އެ ފުރުސަތު ނޯންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ސަރުކާރުން ޢަދުލުއިންޞާފާއި ޙައްޤު ޤާއިމުކުރުމުގައި ވަރަށް ސާބިތުވާނެ ކަމަށާއި، ވަކި މީހަކަށް ބެލުމެއް ނެތި ހަމަހަމަކަމާއެކު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމުގައި ވަކި ބަޔަކު މުއްސަނދިވެ، އެހެން ރައްޔިތުން ތަކުލީފު އުފުލަން ނުޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި އިސްލާހުތަކާއެކު ސަރުކާރުން ކުރިއަށްދާން ފެށުމުން، ދައުލަތުގެ ބަޖެޓު ކުޑަކޮށް، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ހުއްޓާލުމަށް ބައެއް ފަރާތްތަކުން ލަފާދިން ކަމަށެވެ. އަދި ރައްޔިތުންނަށް ތަރައްޤީ ގެނެސްދޭން މަސައްކަތްކުރާނަމަ ޑޮލަރުގެ ރޭޓު ބޮޑުވާނެ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރު ވިއްކާނެ ކަމުގެ އިންޒާރުގެ މެސެޖުތައް ލިބުނު ކަމަށްވެސް ރައީސް ހާމަކުރެއްވި އެވެ. އެހެންނަމަވެސް، ރިސޯޓުތައް ހިންގަނީ ދައުލަތުގެ ވަސީލަތްތަކުގައި ކަމަށްވާއިރު، އޭގެއިން ލިބޭ ޑޮލަރުން ރައްޔިތުންނަށް ޙައްޤުވާ މިންވަރު ދިނުމަކީ ޒިންމާދާރު ގޮތް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ތަސްދީގުކުރެވުނު ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، ކެޓެގަރީ-އޭ ގައި ހިމެނޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މީލާދީ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން އެ އެސްޓެބްލިޝްމަންޓަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ %40 އެ އެސްޓެބްލިޝްމަންޓް ހިންގާ ފަރާތްތަކުން، ބޭންކަކަށް ރުފިޔާއަށް މާރުކުރަންވާނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319