logo

ނޭޕާލުގައި ކްލައިމެޓް ޖަސްޓިސް ގާއިމުކުރަންޖެހޭ: ރައީސް ނަޝީދު

profile

ރިޟްވާން މޫސާ - 31 އޯގަސްޓު 2026 - 11:54

ނޭޕާލުގައި ދިމާވި ފެންބޮޑުވުމުގެ ހާދިސާ އާއި ގުޅިގެން އެގައުމުގައި ކްލައިމެޓް ޖަސްޓިސް ގާއިމުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ނޭޕާލްގައި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ، އޮގަސްޓު 26 ވަނަ ދުވަހު އެ ޤައުމުގެ ފަރުބަދަމަތީ ސަރަޙައްދަކުން 'ގްލޭސިޔަރ' އެއް ނުވަތަ ބޮޑު ގަނޑުފެން ގަނޑެއްގެ ބަޔެއް ކަނޑައިގެން ދިޔުމާ ގުޅިގެން، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކުގެ ނިޒާމުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ.

މި ހާދިސާގައި ނޭޕާލާއި ޓިބެޓުން މަރުވި މީހުންގެ ޢަދަދު ވަނީ 675 އަށް އުފުލިފައެވެ. އަދި، 3,000 އެއްހާ މީހުން ގެއްލިފައިވާ ކަމުގައި ބެލެވޭއިރު، އެ މީހުން ހޯދުމަށް ނޭޕާލުގެ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ތެރޭގައި ބޭރު ޤައުމުތަކަށް ނިސްބަތްވާ 589 މީހުން ހިމެނޭ ކަމުގައެވެ. އޭގެ ތެރޭގައި އެމެރިކާގެ ގާތްގަނޑަކަށް 100 މީހުން ހިމެނޭ ކަމުގައި ބެލެވެއެވެ.

ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ސަލާމަތް ކުރެވިފައިވާއިރު، އޭގެ ތެރޭގައި ބޭރު ޤައުމުތަކުގެ 261 މީހުން ހިމެނޭ ކަމުގައި ނޭޕާލުގެ ފަތުރުވެރިކަމާ ބެހޭ ބޯޑުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ނޭޕާލުގައި ދިމާވި ހިތާމަވެރި މި ހާދިސާގައި ގެއްލިގެން ދިޔައީ އެތަކެއް މައުސޫމް ފުރާނަ ތަކެއް ކަމަށާއި، މޫސުމަށް އަންނަ މިފަދަ ބަދަލުތަކުގެ ސަބުން މޫސުމީ އިދާރާތައް އިތުރަށް ހަރުދަނާ ކުރުމާއެކު ކްލައިމެޓް ޖަސްޓިސް ގާއިމުކުރަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވަނީ ނޭޕާލުގައި ދިމާވި މިހާތަވެރި ދަނޑިވަޅުގައި އެގައުމުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ހަމްދަރުދީވެލައްވައި ގެދޮރު ގެއްލިފައިވާ އެތަކެއް ހާސް ރައްޔިތުންނަށް އެހީތެރިވުމަށް ވެސް ގޮވާލައްވާފަ އެވެ.

https://wamco.com.mv/
tel:+9607331319