
އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ

ރިޟްވާން މޫސާ - 31 އޯގަސްޓު 2026 - 07:14
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ.ވައިޓްޑައިމަންޑް، އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޖަމީލާ ޢަލީ ޚާލިދު ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. އެ މަޤާމު ހުސްވީ ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޖަމީލާ އަކީ ޚާރިޖީ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެކުރިން އޭނާ ވަނީ ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އޭނާ ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ނާއިބުރައީސްކަންވެސް ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދައުލަތުގެ އާމްދަނީއަށް މަކަރުހަދަން ފުރުސަތެއް ނުދޭނަން: ރައީސް
17 ގަޑިއިރު ކުރިން

ފަޅުރަށްރަށާއި ފަޅު ކުއްޔަށް ދޫކުރުމުގެ އައު އުސޫލުތައް ޤާނޫނަކަށް: ރައީސް ބިލު ތަޞްދީޤު ކުރައްވައިފި
18 ގަޑިއިރު ކުރިން

ނޭޕާލުގައި ކްލައިމެޓް ޖަސްޓިސް ގާއިމުކުރަންޖެހޭ: ރައީސް ނަޝީދު
18 ގަޑިއިރު ކުރިން

މެލޭޝިއާގެ މިނިވަނދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރަސްގެފާނަށް ރައީސްގެ ތަހުނިޔާ
ދުވަހެއް ކުރިން


