logo

ތަންފީޒީ ދުވެލި ހަލުވިކުރަން ވަޒީރުންގެ ބައްދަލުވުމެއް ބާއްވައިފި

profile

މުޙައްމަދު ފަޟްލޫން - 06 އޮކްޓޯބަރު 2026 - 13:39

ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްގީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކޮށް ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

https://wamco.com.mv/

މިބައްދަލުވުން ބޭއްވުނީ ރައީސް އޮފީހުގައެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދަވާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ންފުނިތަކުގެ ވެރިން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ގެނެވިފައިވާ ހައްލުތަކާއެކު، މަޑުޖެހިފައިހުރި ގިނަ މަޝްރޫޢުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދުދެއްވާފައެވެ.

މީގެ އިތުރުން ވަކިވަކި މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރަކާއެކު އަދި ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފައެވެ.

https://wamco.com.mv/
tel:+9607331319